ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް މީހުން ހޮވުމާއިބެހޭ

އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް މީހުން ހޮވުމާއިބެހޭ

ގދ. ނަޑެއްލާގެ އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް، 01 އޮކްޓޯބަރ 2021  އިން 30 ސެޕްޓެމްބަރ 2022 ގެ ނިޔަލަށް  01 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތްތައް ހޯދުމަށްޓަކާ އެކަމަށް އެދި ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތުގެ އަގާއި އެލަވަންސް:

ތިރީގައި އެވަނީ މިމަސައްކަތްތަކަށް ހޮވުމަށް ހަމަޖެހިފައިވާ މީހުންގެ ޢަދަދާއި، މަސައްކަތުގެ އަގުގެ ގޮތުގައި މަހެއްގެ މައްޗަށް ކައުންސިލުން ކަނޑައަޅާފައިވާ ފައިސާގެ ޢަދަދާއި އިތުރު ތަފްޞީލް އެވެ. މި މަސައްކަތަށް ހޮވޭ ފަރާތްތަކަށް ރަމަޟާންމަހުގެ އެލަވަންސްގެ ގޮތުގައި -/1000 (އެއް ހާސް ރުފިޔާ) ލިބޭނެއެވެ.

  • 01 ސްޕަވައިޒަރު (އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ކުރުމާއިއެކު ސްޕަވައިޒްކޮށް ބެލެހެއްޓުމަށް)

އަގު: މަހަކު -/2300 ރުފިޔާ (ދެހާސް ތިންސަތޭކަ ރުފިޔާ)

  • 10 މަސައްކަތު (އިޖްތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ކުރުމަށް)

އަގު: މަހަކު -/1900 ރުފިޔާ (ނަވާރަ ސަތޭކަ ރުފިޔާ)

  • 04 މަސައްކަތު (ރަށުގެ ވަށައިގެން ހަދާފައިވާ ބޭރު މަގު ސާފުކޮށް ބެލެހެއްޓުމަށް)  

އަގު: މަހަކު -/1900 ރުފިޔާ (ނަވާރަ ސަތޭކަ ރުފިޔާ)

 

މަތީގައިވާ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭނެ ޝަރުޠުތައް:

  1. ލިޔަންކިޔަން ދަންނަ މީހަކު ކަމުގައިވުން.
  2. ޢުމުރުން 65 އަހަރު ފުރިފައިވާ މީހަކު ކަމުގައިނުވުން.
  3. ހުށަހަޅާ ފަރާތަކީ ސަރުކާރުގެ ނުވަތަ އަމިއްލަ ކުންފުންޏެއްގެ އެއްވެސްކަހަލަ ދާއިމީ ވަޒީފާއެއް އަދާކުރާ ފަރާތެއްކަމުގައިނުވުން.
  4. ހުށަހަޅާ ފަރާތަކީ އިންތިޚާބީ މަޤާމެއް އަދާކުރާ ފަރާތެއް ކަމުގައި ނުވުން.
  5. މަސައްކަތަށް ފަރުވާ ކުޑަވެގެން މަސައްކަތުގެ އެއްބަސްވުމާއި ޚިލާފުވެގެން ކުރިން ވަޒީފާއިން ވަކިކުރެވިފައިވާ ފަރާތެއްކަމުގައި ނުވުން.
  6. ދިވެހިރާއްޖޭގެ އެއްވެސް ޝަރުޢީ ކޯޓަކުން ޖިނާޢީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.

 

ޝަރުޠު ފުރިހަމަވާނަމަ އިވެލުއޭޓް ކުރުމުގައި ތިރީގައިއެވާ ކަންތައްތަކަށް ބަލައި ޕޮއިންޓް ދެވޭނެގޮތް:

  1. ޝަރުޠު ފުރިހަމަވުމަށް ( 50 ޕޮއިންޓް )
  2. ތަޖުރިބާ – ( 20 ޕޮއިންޓް ) - ކޮންމެ އަހަރަކަށް 5 ޕޮއިންޓް

ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި ބަލާނީ ފާއިތުވި 4 އަހަރު އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތުގައި ނުވަތަ މަސައްކަތާއި ގުޅުންހުރި ދާއިރާއެއްގައި މަސައްކަތް ކޮށްފައިވޭތޯއެވެ. އަދި މީގެއިތުރުން މަސައްކަތުގެ ޙާޟިރީއަށާއި، މަސައްކަތުގެ އަޚުލާގާއި މަސައްކަތަށް ފަރުވާތެރި މިންވަރަށް ބަލައި ޕޮއިންޓް އުނިކުރެވޭނެއެވެ.

އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތްކޮށްފައިވާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނީ ތިރީގައިއެވާ ގޮތުގެމަތިންނެވެ.

  • ފާއިތުވި 4 އަހަރު މަސައްކަތް ކޮށްފައިވާ ކޮންމެ އަހަރަކަށް ގިނަވެގެން ދެވޭނީ 05 ޕޮއިންޓް އެވެ. ( މިގޮތަށް ޕޮއިންޓް ދިނުމުގައި މެދުކެނޑުމެއްނެތި އަހަރު ދުވަސް މަސައްކަތުގައި ހޭދަކުރުން ލާޒިމެއް ނޫނެވެ )
  • އަނގަބަހުން ދީފައިވާ ނަސޭޙަތްތަކަށް 05 ޕޮއިންޓު އުނިކުރުން.
  • ލިޔުމުންދީފައިވާ ނަސޭޙަތްތަކަށް 10 ޕޮއިންޓު އުނިކުރުން.
  1. ޢުމުރުފުރާ:

(ހ) 18 އަހަރާއި 25 އަހާރައި ދެމެދުގެ މީހުންނަށް (12 ޕޮއިންޓް)

(ށ) 26 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނަށް (8 ޕޮއިންޓް)

(ނ) 41 އަހަރާއި 55 އަހަރާއި ދެމެދުގެ މީހުންނަށް (6 ޕޮއިންޓް)

(ރ) 56 އަހަރާއި 65 އަހަރާއި ދެމެދުގެ މީހުންނަށް (4 ޕޮއިންޓް)

އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކުރުމުގެ މަސައްކަތަށް މީހުން ހަމަޖެއްސުން

މިއިޢުލާނާއި ގުޅިގެން އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތު ސްޕަވައިޒަރުކަމަށާއި، އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތަށް އަދި ރަށުގެ ވަށައިގެން ހަދާފައިވާ ބޭރު މަގު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް އެދި ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު، މި މަސައްކަތްތަކަށް ބޭނުންވާކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ޢަދަދަށްވުރެ އިތުރު ނުވާނަމަ، ހުށަހަޅާފައިވާ ފަރާތްތަކުގެ ޝަރުޠު ހަމަވޭތޯ ބެލުމަށްފަހު ޝަރުޠުހަމަވާ ފަރާތްތަކާއި މަސައްކަތް ޙަވާލުކުރެވޭނެއެވެ. އަދި ބޭނުންވާ ޢަދަދަށްވުރެ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު އިތުރުވާނަމަ މަސައްކަތް ޙަވާލުކުރެވޭނީ "އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތަށް މީހުން ހޯދުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގައިވާ ގޮތުގެމަތިން އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކާއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން "އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތަށް އެދި ހުށަހަޅާ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް ރަސްމީ ގަޑީގައި މި އިދާރައިގެ ކައުންޓަރުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.     

07 ޞަފަރު 1442                                             

14 ސެޕްޓެމްބަރ 2021   

14 ސެޕްޓެންބަރު 2021
ހޯދާ