ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި މެނޭޖުކުމާއި ބެހޭ

ކުނިމެނޭޖް ކުރުމާއި ބެހޭ

 

    ގޭބިސީ ، ވިޔާފާރި ކުރާ ތަންތަން އަދި ސަރުކާރުގެ އިދާރާތަކުން އުފެދޭކުނިތައް ރައްކާތެރިކަމާއެކު ފަސޭހައިން ނައްތާލެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން މިކައުންސިލުން ޚާއްސަ ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިޕްރޮގްރާމްގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ތިރީގައި މިދަންވާ ފީނެގުމުގެ ތަފްސީލްގައިވާ ގޮތުގެ މަތިން ކައުންސިލްގެ އިދާރާއަށް މަހުންމަހަށް ފައިސާ ދައްކަވަން ޖެހޭނެއެވެ.

ފީނެގުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް

ގޭބިސީ ތަކުން

މަހަކު 100.00ރފ

ވިޔަފާރި ކުރާ ފަރާތްތަކުން

މަހަކު 150.00ރފ

ސަރުކާރުގެ އިދާރާތަކުން

މަހަކު 250.0ރފ

 

    ވީމާ ، މިޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. އަދި މިޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

14 ސެޕްޓެންބަރު 2021
ހޯދާ