މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ސްކޭނިންގ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި ގްރީން ކްލައިމެޓް ފަންޑް ގުޅިގެން ހިންގާ 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް (މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، މާލެ)  ސްކޭނިންގ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިއިއުލާނާއިއެކު ތިރީގައިވާ ލިޔެކިއުންތަށް އެއްކަރުދާސް ކުރަމެވެ.

  •  ޓާރމްސް އޮފް ރިފަރެންސް

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގައި ރަޖިސްޓަރ ކުރަންވާނެއެވެ. ރަޖިސްޓަރީ ކުރައްވާނީ މިއިޢުލާނާއި އެއްކަރުދާސް ކުރެވިފައި 'ބިޑަރޒް ރެޖިސްޓަރޭސަން ފޯމް' [email protected] އަށް އީ-މެއިލް ކުރައްވައިގެނެވެ. ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން  22ސެޕްޓެމްބަރ 2021 ވާ ދުވަހުގެ މެންދުރުފަހު 12:00 އައި ހަމައަށެވެ.

ހުށަހަޅަންވީ ތަކެތި

  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ (މަސައްކަތް ނިންމި ކަމުގެ ލިޔުން)
  • އަގު (އެސްޓިމޭޓް)/ އަގު ހުށަހަޅުއްވަން ވާނީ މަސައްކަތުގެ އަގާއި ޖީ.އެސް.ޓީގެ އަގު ވަކީން އެނގޭ ގޮތަށް.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު، ފަހުގެ ޓެކްސް ކްލިއަރެންސް ރިޕޯޓް) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ސޯލް ޕްރޮޕިއޭޓަރޝިޕްގެ ކޮޕީ އަދި ޓެކްސް ރަޖިސްޓްރޭޝަން ކޮޕީ ހުށަހަޅަންވާނެއެވެ.

މި ބީލަމަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު

އަގު:  80 ޕޮއިންޓު   

(އެންމެ ހެޔޮ އަގު ހުށަހެޅި ފަރާތުގެ އަގު/ އެ ފަރާތަކުން ހުށަހަޅާފައިވާ އަގު)*80

ތަޖުރިބާ: 20 ޕޮއިންޓް

  • ވޭތުވެ ދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި މިފަދަ މަސައްކަތެއް ކޮށްފައިވާ ކަމުގެ ކޮންމެ ލިޔުމަކަށް (މަސައްކަތް ނިންމި ކަމުގެ ލިޔުން) 2.5 ޕޮއިންޓް ދެވޭނެއެވެ. (ކިތަންމެ ގިނަ ލިޔުމެއް ހުށަހެޅިކަމުގައިވީ ނަމަވެސް މިބައިން ގިނަވެގެން ލިބޭނީ 20 ޕޮއިންޓެވެ.)

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 22 ސެޕްޓެމްބަރ 2021  ވާ ދުވަހު 14:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 27 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު  27 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ  10:00 ޖަހާއިރު ހުށަހެޅުއްވުން އެދެމެވެ (ބަލައިގަނެވޭނީ ހަމަ އެކަނި ދެވިފައިވާ ގަޑީގަ ބިޑު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުގެ ބިޑެވެ).

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ

ޖީ.ސީ.އެފް ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް،

ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

މާފަންނު، މާލެ، 20392 ދިވެހިރާއްޖެ.

ފޯން: +(960) 301 8388/399

ވެބްސައިޓް: http://www.environment.gov.mv

  އީ-މެއިލް [email protected]       

ނޯޓް:

  • މި އިޢުލާނާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރާނީ : [email protected]
  • ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިމިނިސްޓްރީއަށް އަށް ލިބިގެންވެއެވެ.

14 ސެޕްޓެމްބަރ 2021

14 ސެޕްޓެންބަރު 2021
ހޯދާ