ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގެ ޤަވާޢިދު (2021)

ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގެ ޤަވާޢިދު (2021)

މިއީ ކީރިތި ޤުރްއާނާބޭހޭ ޤައުމީ މަރުކަޒުން އިންތިޒާމު ކޮށްގެން ބާއްވާ ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގެ ޤަވާޢިދެވެ. މި މުބާރާތް ރާވާ ހިންގާނީ، ކީރިތި ޤުރްއާނާއިބެހޭ ޤައުމީ މަރުކަޒުންނެވެ.

ކޮވިޑް 19 ގެ ޙާލަތާ ގުޅިގެން މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ވަރޗުއަލްކޮށެވެ.

1      މުބާރާތުގެ މަޤްޞަދުތައް:

1.1.  ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުން.

1.2.  ކީރިތި ޤުރްއާން ހިތުދަސްކުރުމަށާއި، ތަޖްވީދުމަގަށް ޤުރްއާން ކިޔެވުމަށް ހިތްވަރުދިނުން.

1.3.  ކީރިތި ޤުރްއާން ރައްކާތެރިކުރުމަށް މަސައްކަތްކުރުން.

1.4.  ޤުރްއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދިވެހިންގެ މެދުގައި ވާދަވެރިކަން އުފެއްދުން.

1.5.  ޤާރީންނާއި ޙާފިޡުން  އުފެއްދުމަށް ބާރު އެޅުމާއި ހިތްވަރު ދިނުން.

1.6.  ބައިނަލް އަޤްވާމީ މުބަރާތްތަކަށް ބޭނުންވާ ބައިވެރީންގެ އާރެއް އުފެއްދުން.

1.7.  ދިވެހީންގެ އެއްބައިވަންތަ ކަމާއި އެކުވެރިކަން ޤާއިމުކުރުމަށާއި އެކަމުގެ ރޫޙު އަށަގެންނެވުން.

1.8.  ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުން.

1.9.  ދިވެހިރާއްޖެ އާއި ދިވެހިރާއްޖޭން ބޭރުގައި ދިރިއުޅުއްވާ އެންމެހާ ފަރާތްތަކަށް ޤުރްއާން މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ދީ، ކީރިތި ޤުރްއާނަށް ހިތް ޖެއްސުން.

 

 

 

2          މުބާރާތުގެ އިންތިޒާމް ކޮމިޓީ:

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އެންމެހައި ކަންތައްތައް ރާވާ، އިންތިޒާމްކޮށް ތަންފީޒު ކުރާނީ އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ މެމްބަރުންގެ ކޮމިޓީއަކުންނެވެ.

 

3          މުބާރާތުގައި ބައިވެރިވުން

3.1   މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތައް :

3.1.1      ދިވެހި ރައްޔިތެއްކަމުގައިވުން.

3.1.2      ސްކޫލްއެއް ތަމްސީލު ކުރާނަމަ އެ ސްކޫލްގެ ކުއްޖަކަށް ވުން. އަދި ކަނޑައެޅިފައިވާ ޢުމުރު ފުރައިގައި ބައިވެރިވުން. މުބާރާތުގެ ޢާންމު ބައިން ބައިވެރިކުރާ ފަރާތަކީ، ހުށަހަޅާ ފަރާތް ތަމްސީލު ކުރުމަށް އިޢުތިރާޟް ނުކުރާ ފަރާތަކަށް ވުން. އަދި އެހެން ފަރާތަކުން ނަން ހުށަހަޅާފައިވާ ފަރާތަކަށް ނުވުން. 

3.1.3      މުބާރާތުގައި ބައިވެރިވެވޭނީ މުބާރާތުގައި ހިމެނޭ ތިން ބައިގެ ތެރެއިން ކޮންމެވެސް އެއްބައެއް ގައެވެ. އެއްވެސް ބައިވެރިއަކަށް މުބާރާތުގެ އެއްބަޔަށްވުރެ ގިނަ ބައިގައި ބައިވެރިއެއް ނުވެވޭނެއެވެ. 

 

4      މުބާރާތުގައި ބައިވެރިވުމަށްޓަކައި ޕޯޓަލްގައި ރަޖިސްޓްރީވުން

4.1   ރާއްޖެއާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ އެންމެހާ ދިވެހިންނަށް މި މުބާރާތުގައި ބައިވެރި ވުމުގެ ދޮރު ވަނީ ހުޅުވިފައެވެ.

4.2   މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މުބާރާތުގައި ބައިވެރިވެވޭނީ މި މުބާރާތަށް ޚާއްސަ ކުރެވިފައިވާ ޕޯޓަލްގައި ރަޖިސްޓްރީ ވުމުންނެވެ.

4.3   އަތޮޅު ކައުންސިލްތަކާއި، ގްރޭޓަރ މާލޭ ސަރަހައްދުގެ ސުކޫލްތަކާއި، ޤުރްއާން ކުލާސްތަކާއި، ޤުރްއާން އުނގަންނައިދޭ މަރުކަޒުތަކާއި، ކުލަބް ޖަމްޢިއްޔާތަކާއި އަދި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުން މި މުބާރާތުގައި ބައިވެރިކުރާ ބައިވެރިން ޕޯޓަލްގައި ރަޖިސްޓްރީ ކުރެވޭނީ އެތަންތަނުން ޕޯޓަލްގައި ރަޖިސްޓްރީ ވުމަށްފަހުގައެވެ.

4.3.1      މުއްއަސަސާތައް ޕޯޓަލްގައި ރަޖިސްޓްރީވުމަށް ހުޅުވާލެވޭނީ 14 އޮކްޓޯބަރ 2021 އިން 18 އޮކްޓޯބަރ 2021 ގެ ނިޔަލަށެވެ.

4.3.2      ބައިވެރިން ޕޯޓަލްގައި ރަޖިސްޓްރީވުމަށް ހުޅުވާލެވޭނީ 20 އޮކްޓޯބަރ 2021 ން 26 އޮކްޓޯބަރ 2021 ގެ ނިޔަލަށެވެ.

4.3.3      މުބާރާތުގައި ބައިވެރިވާ މުއައްސަސާތަކަކީ އެތަނެއް ރަޖިސްޓްރީ ކޮށްފައިވާ މުއައްސަސާއަކަށް ވާންވާނެއެވެ.

4.4   އަތޮޅުތެރޭ ސްކޫލްތަކުން ހޮވާލެވޭ ބައިވެރިން މުބާރާތުގައި ރަޖިސްޓްރީ ކުރާނީ އަތޮޅު ކައުންސިލުންނެވެ.

4.5   މާލޭގެ ސްކޫލްތަކުން ބައިވެރިވާ ބައިވެރިން މުބާރާތުގައި ރަޖިސްޓްރީ ކުރާނީ އެ ސްކޫލަކުންނެވެ.

4.6  ޤުރްއާން ކުލާސްތަކާއި، ޤުރްއާން އުނގަންނައިދޭ މަރުކަޒުތަކާއި، ކުލަބް ޖަމްޢިއްޔާތަކާއި، ކޮލެޖްތަކާއި ޔުނިވަރސިޓީތަކުން ބައިވެރިވާ ބައިވެރިން މުބާރާތުގައި ރަޖިސްޓްރީ ކުރާނީ އެބައިވެރިޔަކު ބައިވެރިކުރާ މުއައްސަސާ އަކުންނެވެ.

4.7   ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކުން މުބާރާތުގައި ރަޖިސްޓްރީވާނީ ޕޯޓަލްގެ ތެރެއިން އެބައިވެރިޔަކު އަމިއްލައަށެވެ.

4.8   މުބާރާތުގައި ބައިވެރިވާ ކޮންމެ މުއައްސަސާއަކުން ވެސް އެ މުއައްސަސާއެއްގެ ބައިވެރިން ޕޯޓަލްގައި ރަޖިސްޓަރީ ކުރުމުގައި ޢަމަލު ކުރަންވީގޮތުގެ މައުލޫމާތު މަރުކަޒުން އެފަރާތްތަކަށް ފޯރުކޮށްދޭނެއެވެ.

 

5      މުބާރާތް ކުރިއަށްދާނެ ގޮތް

5.1   ބަލައިގެން ކިޔެވުމުގެ ބައިން ކޮންމެ ބައިވެރިއަކު ވެސް އެ ބައިވެރިއެއްގެ ކިޔެވުމުގެ ވީޑިއޯއެއް މަރުކަޒުން ކަނޑައަޅާ ވަސީލަތެއް މެދުވެރިކޮށް ފޮނުވަން ވާނެއެވެ.

5.2   ކޮންމެ ބައިވެރިއަކު ވެސް ކިޔަވަންވާނީ އެބައިވެރިއެއްގެ މުޤައްރަރުގެ ތެރެއިންނެވެ.

5.3   ނުބަލާ ކިޔެވުމުގެ ބައި ކުރިއަށްދާނީ ވަގުތުން ސުވާލުކޮށްގެންނެވެ.

 

6      މުބާރާތުގެ ޢުމުރުފުރާތަކާއި މުޤައްރަރު

#

ޢުމުރުފުރާ

ބަލައިގެން

ނުބަލާ

ޙާފިޡުންގެބައި

މަތިން

ތިރިން

މަތިން

ތިރިން

  1.  

6 އަހަރުން ދަށް

1 ވަނަ ފޮތް

30 ވަނަ ފޮތް

ޞަފްޙާ 1-11

ޟުޙާއިން ތިރި

މިއީ މުޅި ޤުރްއާން ހިތުދަސް ދަރިވަރުންނަށް ޚާއްޞަ ކުރެވިފައިވާ ބައެކެވެ. މި ބައިގައިވެސް ކިޔަވަން ޖެހޭނީ ތަޖްވީދުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

  1.  

9 އަހަރުން ދަށް

ފުރަތަމަ 3 ފޮތް

ފަހު 3 ފޮތް

1 ވަނަ ފޮތް

30 ވަނަ ފޮތް

  1.  

12 އަހަރުން ދަށް

ފުރަތަމަ 5 ފޮތް

ފަހު 5 ފޮތް

ފުރަތަމަ 2 ފޮތް

ފަހު 2 ފޮތް

  1.  

15 އަހަރުން ދަށް

ފުރަތަމަ 7 ފޮތް

ފަހު 7 ފޮތް

ފުރަތަމަ 3 ފޮތް

ފަހު 3 ފޮތް

  1.  

18 އަހަރުން ދަށް

ފުރަތަމަ 9 ފޮތް

ފަހު 9 ފޮތް

ފުރަތަމަ 4 ފޮތް

ފަހު 4 ފޮތް

  1.  

18 އަހަރުން މަތި

ފުރަތަމަ 15 ފޮތް

ފަހު 15 ފޮތް

ފުރަތަމަ 5 ފޮތް

ފަހު 5 ފޮތް

5.1           މުބާރާތުގައި ބައިވެރިވާ ޢުމުރު ކަނޑައަޅާނީ 1 ޖަނަވަރީ 2021 އަށެވެ.

7      މުބާރާތުގައި ވާދަ ކުރެވޭ ބައިތައް

7.1  ބަލައިގެން ކިޔެވުމުގެ ބައި

7.2  ނުބަލާ ކިޔެވުމުގެ ބައި

7.3  ޙާފިޡުންގެ ބައި

8      ބަލައިގެން ކިޔެވުމުގެ ބައި:

8.1  ބަލައިގެން ކިޔެވުމުގެ ބައިގައި ކިޔަވާނީ 7 ފޮޅުވަތުގެ އެއް ސުވާލެވެ.

8.2  ބައިވެރިޔާ ކިޔަވަން ފެށުމުގެ ކުރިން ބައިވެރިޔާގެ ނަމާއި އައިޑީ ކާޑު ނަމްބަރު ބުނަންވާނެއެވެ.

8.3  ބައިވެރިޔާ ކިޔަވަން ފެށުމުގެ ކުރިން މުޤައްރަރުގެ ތެރެއިން ބައިވެރިޔާ ކިޔަވާ ސޫރަތުގެ ނަމާއި އާޔަތު ނަމްބަރު ބުނަންވާނެއެވެ.

8.4  ބައިވެރިޔާގެ ކިޔެވުމާއި، މަންޒަރާއި އަޑު، އިންޞާފު ކުރައްވާ ފަނޑިޔާރުންނަށް ސާފުވާން ވާނެއެވެ.

8.5  އިންޞާފު ކުރެވޭ ވަރަށް، ކިޔަވާ ބައިވެރިޔާގެ ކިޔެވުމާއި އަޑާއި މަންޒަރު ސާފުނުވާނަމަ، އެ ކިޔެވުމެއް ބަލައެއް ނުގަނެވޭނެއެވެ.

8.6  ބައިވެރިޔާ ކިޔަވާއިރު އިންނަންވާނީ ކެމެރާއާ ދިމާއަށް ކުރިމަތިލައިގެން ރީތިކޮށް ފެންނަގޮތަށެވެ.

9      ނުބަލާ ކިޔަވާ ބައި:

9.1  ނުބަލާ ކިޔެވުމުގެ ބައިން ސުވާލު ކުރާނީ މުޤައްރަރު ދެ ބަޔަށް ބަހައިލުމަށްފަހު، ކޮންމެ ބަޔަކުން ފަސް ފޮޅުވަތުގެ އެއް ސުވާލެވެ.

9.2  ބައިވެރިޔާގެ ކިޔެވުމާއި، މަންޒަރާއި އަޑު، އިންޞާފު ކުރައްވާ ފަނޑިޔާރުންނަށް ސާފުވާން ވާނެއެވެ.

9.3  އިންޞާފު ކުރެވޭ ވަރަށް ކިޔަވާ ބައިވެރިޔާގެ ކިޔެވުމާއި އަޑާއި މަންޒަރު ސާފުނުވާނަމަ، އެ ކިޔެވުމެއް ބަލައެއް ނުގަނެވޭނެއެވެ.

9.4  ނުބަލާކިޔެވުމުގެ ބައި ކުރިއަށް ދާނީ ލައިވް ކޮށެވެ.

9.5  ނުބަލާކިޔެވުމުގެ ބައިގެ ކިޔެވުން ކުރިއަށްދާނީ ޒޫމް މެދުވެރިކޮށެވެ.

9.6  ބައިވެރިޔާ ކިޔަވާއިރު އިންނަންވާނީ ކެމެރާއާ ދިމާއަށް ކުރިމަތިލައިގެން ރީތިކޮށް ފެންނަގޮތަށެވެ.

 

 

 

10   ޙާފިޡުންގެ ބައި

10.1                ޙާފިޡުންގެ ބައިން ސުވާލު ކުރާނީ މުޅި ޤުރުއާން ހަތަރު ބަޔަށް ބަހައިލުމަށްފަހު، ކޮންމެ ބަޔަކުން ފަސް ފޮޅުވަތުގެ އެއް ސުވާލެވެ.

10.2                ބައިވެރިޔާގެ ކިޔެވުމާއި، މަންޒަރާއި އަޑު، އިންޞާފު ކުރައްވާ ފަނޑިޔާރުންނަށް ސާފުވާން ވާނެއެވެ.

10.3                އިންޞާފު ކުރެވޭ ވަރަށް ކިޔަވާ ބައިވެރިޔާގެ ކިޔެވުމާއި އަޑާއި މަންޒަރު ސާފުނުވާނަމަ، އެ ކިޔެވުމެއް ބަލައެއް ނުގަނެވޭނެއެވެ.

10.4                ޙާފިޡުންގެ ބައި ކުރިއަށް ދާނީ ލައިވް ކޮށެވެ.

10.5                ޙާފިޡުންގެ ބައިގެ ކިޔެވުން ކުރިއަށްދާނީ ޒޫމް މެދުވެރިކޮށެވެ.

10.6      ބައިވެރިޔާ ކިޔަވާއިރު އިންނަންވާނީ ކެމެރާއާ ދިމާއަށް ކުރިމަތިލައިގެން ރީތިކޮށް ފެންނަގޮތަށެވެ.

 

11   މުބާރާތުގެ ބައިވެރިން ކަނޑައެޅޭ ގޮތްތައް

11.1                އަތޮޅު ކައުންސިލްތައް

11.1.1   އަތޮޅު ކައުންސިލން ބައިވެރި ކުރެވޭނީ 15 ބައިވެރިންނެވެ.

11.1.2   މިއީ އަތޮޅުގެ ސުކޫލުތަކުގެ މެދުގައި ބޭއްވޭ އޮޑިޝަން މުބާރާތުން އެންމެ މަތިން މާކްސް ލިބޭ 15 ބައިވެރިންނެވެ.

11.1.3   މި އޮޑިޝަން ބޭއްވުމާއި މުބާރާތަށް ބައިވެރިން ހޮވާނީ އަތޮޅު ކައުންސިލުންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ބައިން 10 ބައިވެރިންނާއި، ނުބަލާ ކިޔެވުމުގެ ބައިން 5 ބައިވެރިންނެވެ.

11.2                ގްރޭޓަރ މާލޭ ސަރަހައްދުގެ ސުކޫލްތައް

11.2.1    ގްރޭޓަރ މާލޭ ސަރަހައްދުގެ ކޮންމެ ސުކޫލަކުން ބައިވެރި ކުރެވޭނީ 15 ބައިވެރިންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ބައިން 10 ބައިވެރިންނާއި، ނުބަލާ ކިޔެވުމުގެ ބައިން 5 ބައިވެރިންނެވެ.

11.3                ޤުރްއާން ކުލާސްތަކާއި ޤުރްއާން އުނގަންނައިދޭ މަރުކަޒުތަކާއި ކުލަބް ޖަމްޢިއްޔާތަކާއި ކޮލެޖްތަކާއި ޔުނިވަރސިޓީތައް

11.3.1    ކޮންމެ މުއައްސަސާއަކުން ބައިވެރި ކުރެވޭނީ 15 ބައިވެރިންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ބައިން 10 ބައިވެރިންނާއި، ނުބަލާ ކިޔެވުމުގެ ބައިން 5 ބައިވެރިންނެވެ.

 

11.4                ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތައް

11.4.1   ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކުން، މުބާރާތުގައި ބައިވެރިވާނީ ކަނޑައެޅިފައިވާ އުމުރުފުރާ ތަކަށް ފެތޭގޮތަށެވެ.

11.4.2    ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކުން، މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއިން ބޭރުގައި ދިރިއުޅޭކަން އަންގައިދޭ ރަސްމީ ލިޔުމެއް ހުށައަޅަންވާނެއެވެ.

11.5                ޙާފިޡުންގެ ބައިގައި ބައިވެރިކުރާނެ ދަރިވަރުން ތިބިނަމަ ދަރިވަރުން ތިބި ޢަދަދަކަށް ބައިވެރިވުމުގެ ފުރުޞަތު ކޮންމެ އަތޮޅު ކައުންސިލަކަށް، ސްކޫލަކަށް އަދި ޤުރްއާން ކުލާސްތަކާއި ޤުރްއާން އުނގަންނައިދޭ މަރުކަޒުތަކާއި ކުލަބް ޖަމްޢިއްޔާތަކާއި ކޮލެޖްތަކާއި ޔުނިވަރސިޓީ އަކަށްވެސް ލިބޭނެއެވެ.

12   މާކްސް ދިނުމަށް ކަނޑައެޅިފައިވާ ގޮތް

12.1                މާކްސް ދިނުމަށް ކަނޑައެޅިފައިވާ ބައިތަކާއި މިންވަރުތައް

ބޮޑެތި ކުށް (ޖަލީ)

ކުދި ކުށް (ޚަފީ)

އަޑާއި ރާގު

ފަޞާޙާ

40

30

20

10

ބޮޑު ކުށަކަށް ކެނޑޭނީ 2 މާކްސް

ކުޑަ ކުށަކަށް ކެނޑޭނީ 1 މާކްސް

 

12.2                އަޑާއިރާގަށް މާކްސް ދޭނެ ގޮތް

ވަރަށް ރަނގަޅު

ރަނގަޅު

މެދު މިން

ފުދޭ

ދެރަ

16-20

12-15

8-11

5-7

1-4

12.3                ފަޞާޙާތްތެރިކަމަށް މާކްސް ދޭނެ ގޮތް

ވަރަށް ރަނގަޅު

ރަނގަޅު

މެދު މިން

ފުދޭ

ދެރަ

9-10

7-8

5-6

3-4

1-2

 

 

 

 

13   މުބާރާތުގައި ހޮވާ ވަނަތައް

13.1                އަތޮޅު ކައުންސިލްތަކުގެ ބައިން ހޮވާ ވަނަތައް:

13.1.1    ބަލައިގެން ކިޔެވުމުގެބައިން ކޮންމެ އުމުރުފުރާ އަކުން 1 ވަނަ، 2 ވަނަ، 3 ވަނަ ބައިވެރިޔާ

13.1.2    ބަލައިގެން ކިޔެވުމުގެބައިން ހުރިހާ އުމުރުފުރާއަކުން އެއްކޮށް 1 ވަނަ، 2 ވަނަ، 3 ވަނަ ބައިވެރިޔާ

13.1.3    ނުބަލާ ކިޔެވުމުގެބައިން ކޮންމެ އުމުރުފުރާ އަކުން 1 ވަނަ، 2 ވަނަ، 3 ވަނަ ބައިވެރިޔާ

13.1.4    ނުބަލާ ކިޔެވުމުގެބައިން ހުރިހާ އުމުރުފުރާއަކުން އެއްކޮށް 1 ވަނަ، 2 ވަނަ، 3 ވަނަ ބައިވެރިޔާ

13.2                ގްރޭޓަރ މާލޭ ސަރަހައްދުގެ ސުކޫލްތަކުގެ ބައިން ހޮވާ ވަނަތައް:

13.2.1    ބަލައިގެން ކިޔެވުމުގެބައިން ކޮންމެ އުމުރުފުރާ އަކުން 1 ވަނަ، 2 ވަނަ، 3 ވަނަ ބައިވެރިޔާ

13.2.2    ބަލައިގެން ކިޔެވުމުގެބައިން ހުރިހާ އުމުރުފުރާއަކުން އެއްކޮށް 1 ވަނަ، 2 ވަނަ، 3 ވަނަ ބައިވެރިޔާ

13.2.3    ނުބަލާ ކިޔެވުމުގެބައިން ކޮންމެ އުމުރުފުރާ އަކުން 1 ވަނަ، 2 ވަނަ، 3 ވަނަ ބައިވެރިޔާ

13.2.4    ނުބަލާ ކިޔެވުމުގެބައިން ހުރިހާ އުމުރުފުރާއަކުން އެއްކޮށް 1 ވަނަ، 2 ވަނަ، 3 ވަނަ ބައިވެރިޔާ

13.3                ޤުރްއާން ކުލާސްތަކާއި ޤުރްއާން އުނގަންނައިދޭ މަރުކަޒުތަކާއި ކުލަބް ޖަމްޢިއްޔާތަކާއި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ ބައިން ހޮވާ ވަނަތައް

13.3.1   ބަލައިގެން ކިޔެވުމުގެބައިން ކޮންމެ އުމުރުފުރާ އަކުން 1 ވަނަ، 2 ވަނަ، 3 ވަނަ ބައިވެރިޔާ

13.3.2    ބަލައިގެން ކިޔެވުމުގެބައިން ހުރިހާ އުމުރުފުރާއަކުން އެއްކޮށް 1 ވަނަ، 2 ވަނަ، 3 ވަނަ ބައިވެރިޔާ

13.3.3    ނުބަލާ ކިޔެވުމުގެބައިން ކޮންމެ އުމުރުފުރާ އަކުން 1 ވަނަ، 2 ވަނަ، 3 ވަނަ ބައިވެރިޔާ

13.3.4    ނުބަލާ ކިޔެވުމުގެބައިން ހުރިހާ އުމުރުފުރާއަކުން އެއްކޮށް 1 ވަނަ، 2 ވަނަ، 3 ވަނަ ބައިވެރިޔާ

13.4                ރާއްޖޭއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ ބައިން ހޮވާ ވަނަތައް.

13.4.1   ބަލައިގެން ކިޔެވުމުގެބައިން ކޮންމެ އުމުރުފުރާ އަކުން 1 ވަނަ، 2 ވަނަ، 3 ވަނަ ބައިވެރިޔާ

13.4.2    ބަލައިގެން ކިޔެވުމުގެބައިން ހުރިހާ އުމުރުފުރާއަކުން އެއްކޮށް 1 ވަނަ، 2 ވަނަ، 3 ވަނަ ބައިވެރިޔާ

13.4.3    ނުބަލާ ކިޔެވުމުގެބައިން ކޮންމެ އުމުރުފުރާ އަކުން 1 ވަނަ، 2 ވަނަ، 3 ވަނަ ބައިވެރިޔާ

13.4.4    ނުބަލާ ކިޔެވުމުގެބައިން ހުރިހާ އުމުރުފުރާއަކުން އެއްކޮށް 1 ވަނަ، 2 ވަނަ، 3 ވަނަ ބައިވެރިޔާ

13.5                މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެބައިން 1ވަނަ، 2ވަނަ، 3ވަނަ ބައިވެރިޔާ.

13.6                މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެބައިން 1ވަނަ، 2ވަނަ، 3ވަނަ ބައިވެރިޔާ.

13.7                މުޅި މުބާރާތުން 1ވަނަ، 2ވަނަ، 3ވަނަ ބައިވެރިޔާ. (ދެގޮފި އެއްކޮށް)

13.8                ޙާފިޡުންގެ ބައިން 1ވަނަ، 2ވަނަ، 3ވަނަ ބައިވެރިޔާ.

13.9                އަތޮޅު ކައުންސިލްތަކުގެ ބައިން 1ވަނަ، 2ވަނަ، 3ވަނަ ކައުންސިލް.

13.10             ގްރޭޓަރ މާލޭ ސަރަހައްދުގެ ސުކޫލްތަކުގެ ބައިން 1ވަނަ، 2ވަނަ، 3ވަނަ ސްކޫލް.

13.11             ޤުރްއާން ކުލާސްތަކާއި ޤުރްއާން އުނގަންނައިދޭ މަރުކަޒުތަކާއި ކުލަބް ޖަމްޢިއްޔާތަކާއި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ ބައިން 1ވަނަ، 2ވަނަ، 3ވަނަ މުއައްސަސާ.

13.12             މުޅިމުބާރާތުން 1ވަނަ، 2ވަނަ، 3ވަނަ މުއައްސަސާ.

14       ވަނަތައް ހޮވުމުގެ މިންގަނޑުތައް

14.1                އެއް ވަނައަށް ހޮވޭނީ %85 އަށް ވުރެ މަތިން މާރކްސް ލިބޭ ބައިވެރިންގެ ތެރެއިން އެންމެ މަތީ މާކްސް ހޯދާ ބައިވެރިޔާއެވެ.

14.2                ދެ ވަނައަށް ހޮވޭނީ %80 އަށް ވުރެ މަތިން މާރކްސް ލިބޭ ބައިވެރިންގެ ތެރެއިން އެންމެ މަތީ މާކްސް ހޯދާ ބައިވެރިޔާއެވެ. (އެއްވަނައަށް ދިޔަ ފަރާތް ފިޔަވައެވެ.)

14.3                ތިން ވަނައަށް ހޮވޭނީ %75 އަށް ވުރެ މަތިން މާރކްސް ލިބޭ ބައިވެރިންގެ ތެރެއިން އެންމެ މަތީ މާކްސް ހޯދާ ބައިވެރިޔާއެވެ. (އެއްވަނައާއި ދެ ވަނައަށް ދިޔަ ފަރާތް ފިޔަވައެވެ.)

14.4                ވަނަތަކަށް އަންނަ ބައިވެރިޔާ ކަނޑައެޅުމުގައި، އެއް ބައިވެރިއަކަށްވުރެ ގިނަ ބައިވެރިންނަށް އެއްވަރަށް މާރކްސް ލިބިއްޖެ ނަމަ:

14.4.1    ފުރަތަމަ ބަލާނީ ލަހުނު ޖަލީއަށެވެ. މިބައިން އެންމެ މަތީން މާރކްސް ލިބިފައިވާ ފަރާތަކަށް ވަނަ ލިބޭނެއެވެ.

14.4.2    ލަހުނު ޖަލީން އެއްވަރު ވެއްޖެނަމަ، ދެން ބަލާނީ ލަހުނު ޚަފީ އަށެވެ. މި ބަޔަށް ބަލައި މިބައިން އެންމެ މަތީން މާރކްސް ލިބޭ ފަރާތަކަށް ވަނަ ލިބޭނެއެވެ.

14.4.3    ލަހުނު ޚަފީން އެއްވަރު ވެއްޖެ ނަމަ، ފަޞާޙާގެ ބަޔަށް ބަލައި، މި ބައިން އެންމެ މަތީން މާކުސް ލިބިފައިވާ ފަރާތަކަށް ވަނަ ލިބޭނެއެވެ.

14.4.4    ފަޞާޙާގެ ބައިން އެއްވަރު ވެއްޖެނަމަ އަޑާއި ރާގަށް ލިބިފައިވާ މާރކްސް އަށް ބަލާ އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތަކަށް ވަނަ ލިބޭނެއެވެ.

14.4.5    މި ހުރިހާ ގޮތަކުން ވެސް އެއް ބައިވެރިއަކަށްވުރެ ގިނަ ބައިވެރިން އެއްވަރު ވެއްޖެ ނަމަ، އެ ހުރިހާ ބައިވެރިންނަށްވެސް ވަނަ ލިބޭނެއެވެ.

14.4.6    މުބާރާތުގެ ވަނަތަކަށް ދޭ އިނާމުތަކުގެ ބާވަތްތަކާއި މިންވަރުތަކާއި، ލިޔުންތައް  ކަނޑައަޅާނީ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރްކަޒުންނެވެ.

15       ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ލިބޭ ފަރާތްތައް

15.1                މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން 1 ވަނަ ބައިވެރިޔާ.

15.2                މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ ބައިން 1 ވަނަ ބައިވެރިޔާ.

15.3                މުބާރާތުގެ ޙާފިޡުންގެ ގޮފިން 1 ވަނަ ބައިވެރިޔާ.

15.4                މުޅިމުބާރާތުން 1 ވަނަ މުއައްސަސާ.

15.5                މުޅިމުބާރާތުން 1 ވަނަ ބައިވެރިޔާ

16   ހެދުން އެޅުމުގެ މިންގަނޑު

16.1                މުބާރާތުގެ ބައިވެރިން ހެދުން އަޅަންވާނީ ޤުރްއާން ކިޔަވާ ޙާލަތާއި އެކަށީގެންވާ ގޮތަކަށެވެ.

16.2                ސްކޫލުތަކުގެ ބައިވެރިންގެ ހެދުމަކީ ސްކޫލް ޔުނީފޯމެވެ.

17       މުބާރާތުގެ ފަނޑިޔާރުން:

17.1                މުބާރާތް އިންޞާފު ކުރައްވާނީ 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ ކޮމިޓީއަކުންނެވެ.

18       މުބާރާތް ބާއްވާ ތާރީޚު

18.1                ބަލައިގެން ކިޔެވުމުގެ ބައިން ރެކޯޑިންގތައް ހުށަހަޅާނީ، 15 ނޮވެމްބަރު 2021 އިން 28 ނޮވެމްބަރު 2021 ގެ ނިޔަލަށެވެ.

18.2                ނުބަލާ ކިޔެވުމުގެ ބައި ކުރިއަށް ދާނީ 19 ޑިސެމްބަރު 2021 އިން 25 ޑިސެމްބަރު 2021 ގެ ނިޔަލަށެވެ.

 

މިޤަވާޢިދުގައި ހިމެނިފައި ނުވާ ކަމެއް ދިމާވެއްޖެނަމަ، އެކަމެއްގައި ގޮތްނިންމާނީ ކީރިތި ޤުރްއާނާއިބެހޭ ޤައުމީ މަރުކަޒުންނެވެ.

14 ސެޕްޓެންބަރު 2021
ހޯދާ