މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
"ކާބަންމޮނޮކްސައިޑް ބޭނުންކޮށްގެން މަހާއިމަހުގެ ބާވަތްތައް އުފެއްދުމުގެ ޤައުމީ މިންގަނޑު" ގެ ދެވަނަ އިސްލާހާއި ގުޅޭ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

މިނިސްޓްރީ އޮފް ހެލްތު

މާލެ،ދިވެހިރާއްޖެ

އިޢުލާން

"ކާބަންމޮނޮކްސައިޑް ބޭނުންކޮށްގެން މަހާއިމަހުގެ ބާވަތްތައް އުފެއްދުމުގެ ޤައުމީ މިންގަނޑު" ގެ ދެވަނަ އިސްލާހާއި ގުޅޭ

 

"ކާބަންމޮނޮކްސައިޑް ބޭނުންކޮށްގެން މަހާއިމަހުގެ ބާވަތްތައް އުފެއްދުމުގެ ޤައުމީ މިންގަނޑު" ނަންބަރު  (MFDA-FCD STAN 03-2017 (Rev. 2-2021)) ގެ 5 ވަނަ މާއްދާ 'ލޭބަލިންގ އެންޑް ޕެކޭޖިންގ" ވަނީ އިސްލާހުކުރެވިފައެވެ. އަދި މި އިސްލާހު ވާނީ މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓް އަދި މި އޮތޯރިޓީގެ ދިރިތި ޕޯރޓަލްގައި ޝާޢިޢު ކޮށްފައެވެ. މިމިންގަނޑަކީ ކާބަންމޮނޮކްސައިޑް އަދި ފިލްޓަރޑް ސްމޯކް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް ތައްޔާރުކޮށް  އެކްސްޕޯޓްކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ މިންގަނޑެވެ.

އަދި ދަންނަވަމެވެ. މިމިންގަނޑަށް ޢަމަލުކުރަން ފަށާނީ މިއިޢުލާން ގެޒެޓުކުރާ ދުވަހުން ފެށިގެންނެވެ. މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ މި އޮތޯރިޓީގެ ފުޑް ކޮންޓްރޯލް ޑިވިޝަންގެ 3014361 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

13 ސެޕްޓެންބަރު 2021
ހޯދާ