ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
1435 ވަނަ އަހަރު ރަމަޟާން މަހު އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ޚިދުމަތްތަކަށް އެދި އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ވަގުތު ހަމަޖެހިފައިވާގޮތް

އިޢުލާނު

1435 ވަނަ އަހަރުގެ ރަމަޟާން މަހުގެ ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށް ކަމުގައިވާތީ، 1435 ވަނަ އަހަރުގެ ރަމަޟާން މަހު އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ކޯޓާ އަދި އެމްޕްލޯއިމަންޓް އެޕްރޫވަލް އާބެހޭ އެންމެހާ ޚިދުމަތްތަކަށް އެދި އެޕްލިކޭޝަން ހުށަހެޅުއްވޭނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 16:00 އަށް ކަމުގައި ހަމަޖައްސައި، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

އަދި ދަންނަވަމެވެ. އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވޭ ގަޑިއަށް މިގެނެވުނު ބަދަލާ ގުޅިގެން މި ސިސްޓަމުގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ. އަދި މިފަދަ ކަންތައްތަކުގައި ތިޔަ ފަރާތްތަކުން ދެއްވަމުން ގެންދަވާ ފުރިހަމަ އެއްބާރުލެއްވުން ފާހަގަކޮށް، އެކަމަށްޓަކައި ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

27 ޝަޢުބާން 1435      

25 ޖޫން 2014
ހޯދާ