ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މެއިންޓަނަންސް އޮފިސަރ

ނަންބަރު:254/254/2021/44(IUL) 

 

އިޢުލާނު

މަޤާމް:

މެއިންޓަނަންސް އޮފިސަރ

 

ބޭނުންވާ ޢަދަދު:

1 (އެކެއް)

 

މަޤާމުގެ ގިންތި:

ވަގުތީ (އެއް އަހަރުގެ މުއްދަތަށް)

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތި އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ

 

މުސާރަ:

ވަޒީފާއަށް ޙާޒިރުވާ ކޮންމެ ރަސްމީ ދުވަހަކަށް 300.00 (ތިން ސަތޭކަ) ރުފިޔާ

 

އެހެނިހެން އެލަވަންސް:

މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން.
  1. މިއިދާރާގެ ފަރާތުން ކުރާ އެހެން މަސައްކަތުގައި އިދާރާއިން ބޭނުންވެއްޖެނަމަ ބައިވެރިވުމާއި އެހީތެރިވުމާއި މުނިސިޕަލް ސެކްޝަންގެ ފަރާތުން ކުރަންޖެހޭ އެހެން ކަންތައްތައް ކުރިޔަށް ގެންދެވުމުގައި ބައިވެރިވެ ޢަމަލީގޮތުން ޙަރަކާތްތެރިވުން.
  2. މިއިދާރާއާއި އިދާރާގެ ބެލެހެއްޓުމުގެ ދަށުގައިވާ ތަންތަނާއި ތަކެތީގެ ކަރަންޓުގެ މަރާމާތު މަސައްކަތްތައް ސްޕަވައިޒަރު އަންގާ ގޮތަކަށް ކުރަމުން ގެންދިއުން.
  3. މިއިދާރާއާއި އިދާރާގެ ބެލެހެއްޓުމުގެ ދަށުގައިވާ ތަންތަނުގެ މަރާމާތުކުރުމުގެ މަސައްކަތައް ކުރުން.
  4. ތަނުގެ ފާޚާނާތަކާއި ފަރުނީޗާރތަކަށް ލިބޭ ގެއްލުންތައް ބަލާ، ތަނުގެ ފެސިލިޓީސް ބޭނުންކުރެވޭ ރަގަނޅު ޙާލަތުގައި ބެހެއްޓުމަށް އަމިއްލައަށް ކުރެވޭވަރުގެ މަރާމާތުތައްކޮށް އަދި ބޮޑެތި މަރާމާތްތައް ވެރިންގެ އިރުޝާދުގެ މަތިން ކުރުވުން.
  5. މެއިންޓަނަންސާއި ގުޅޭ މަސައްކަތްތައް ކުރުމަށް ހުޅުވަންޖެހޭ ތަންތަން ހުޅުވައި، މަސައްކަތްކުރަމުންދާއިރު ތަނާއި ތަކެތި ޒިންމާދާރު ގޮތެއްގައި ބެލެހެއްޓުން.
  6. ތަނުގެ އިކްވިޕްމަންޓްތައް މަރާމާތުކުރުމުގައި ބައިވެރިވެ، ތަކެތި ބެލެހެއްޓުން.
  7. މިއިދާރާގެ ޢިމާރާތްތަކާއި ތަކެތި ބެލެހެއްޓުމުގެ މަސައްކަތް ކުރުން އަދި މިއިދާރާގެ ޢިމާރާތްތަކަށް ގެންނަޖެހޭ ބަދަލުތައް ގެނައުމާއި މަރާމާތުކުރުމަށް ބޭނުންވާ މަސައްކަތްކުރުން. 

 

  1. މިއިދާރާގެ އެންމެހާ ޢިމަރާތްތަކާއި ޢިމާރާތްތައް ހިމެނޭ ބިންތަކާއި އެ ތަންތާނގެ ވަށައިގެންވާ ތަންތާނުގެ ރައްކާތެރިކަމަށާއި ހަލާކުވުން ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  2. މިއިދާރާގެ ބޭނުމަށް ގެންނަ އެކިއެކި ތަކެތި، އެ އެއްޗެއް ގެންދިއުމަށް ހަމަޖެހިފައިވާ ތަނަކަށް ގެންގޮސްދިނުން
  3. މީޓިން ތަކާއި، ހަފުލާތަކާއި، މުބާރާތްތަކާއި އަދި މިނޫންވެސް ޕްރޮގްރާމް ތަކަށް ބޭނުންވާ މެއިންޓަނަންސް އެހީތެރިކަން އެކަމަކާ ހަވާލުވެ ހުންނެވި ވެރިޔަކު އަންގާގޮތަކަށް ކުރުން؛
  4. މެއިންޓަނަންސް މަސައްކަތްތަކާބެހޭ ވީކްލީ އަދި މަންތްލީ ރިޕޯޓްތަކަށް ބޭނުންވާ މަޢުލޫމާތު ލިބިދިނުން
  5. މިއިދާރާގެ ލޮޖިސްޓިކް މަސައްކަތްތައް ކުރުވުމާއި، މީޓިންގ އަދި ޙަފްލާތަކަށް ބޭނުންވާ ލޮޖިސްޓިކް ސަޕޯރޓްދިނުމުގެ މަސައްކަތް ބެލެހެއްޓުން
  6. މިއިދާރާގެ ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން
  7. މިއިދާރާގެ އެކި ސެކްޝަންތަކުން އިންތިޒާމްކުރާ ކަންތައްތަކަށް ލިބިދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި މީގެ އިތުރުން ޑިޕާރޓްމަންޓް ހިންގަވަން ހުންނަ ވެރިއަކު ޙަވާލުކުރައްވާ އިދާރާގެ މަސައްކަތްތައްކުރުން.

 

 

 

 

 

 

މަޤާމުގެ ޝަރުޠުތައް:

  • ލިޔަން ކިޔަން އެގުން

ނޯޓް: މެކޭނިކަލް، އިލެކްޓިކަލް، އިލެކްޓްރޯނިކްސް އަދި މެއިންޓަންސްގެ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭއެވެ.

(ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ

ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.)

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އަދި މިކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

http://www.csc.gov.mv/dv/downloads/15151

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

އިންސައްތަ (%)

އަސާސީ ޝަރުތު ހަމަވުން

35

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

20

އިންޓަރވިއު

40

ޖުމްލަ

100

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ސެޕްޓެމްބަރ 20ގެ 14:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް: [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2021 ސެޕްޓެމްބަރ 20 އާއި  2021 އޮކްޓޯބަރ 20 ދެމެދު ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާގައެވެ. ނުވަތަ މިއިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. އަދި މި މުއްދަތުގެ ތެރޭގައި އިންޓަވިއު ނުބޭއްވޭނަމަ ކުރިމަތިލާ މީހުންގެ ތެރެއިން އިންޓަވިއުކުރަންޖެހޭ މީހުންނަށް މުއްދަތު ހަމަވުމުގެ ކުރިން އެކަން އެންގޭނެއެވެ.

 

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ (ޝީޓް A2 ފޯމު) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500034 އަށެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

 

       

        

           13  ސެޕްޓެމްބަރ 2021                                 

13 ސެޕްޓެންބަރު 2021
ހޯދާ