ދިވެހިރާއްޖެ
ރ. މަޑުއްވަރީގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މަސައްކަތާއިގުޅޭ މަޢުލޫމާތު
- އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކުރުމުގެ މަސައްކަތުގެ ވަޒީފާގައި ގެންގުޅެންވާނީ ދިވެހީންނެވެ. (މަޑުއްވަރީގައި ރަޖިސްޓްރީ ވެފައިވާ މީހުންނާއި މަޑުއްވަރީގައި ދިރިއުޅޭ މީހުން)
- މަޑުއްވަރީ ކައުންސިލުން އިޖުތިމާޢީ ސަރަޙައްދުކަމަށް ކަނޑައަޅާފައިވާ ކޮންމެ ސަރަޙައްދެއް މަދުވެގެން މަހަކު 1 (އެކެއް) ފަހަރު ކުނިކަހާ ކުނި އުކާލުން.
- ކުނިއުކާލުމާއި ކުނި ނައްތާލުމުގައި ޢަމަލުކުރާނީ މަޑުއްވަރީ ކައުންސިލުން ޢަމަލުކުރަމުންދާ ކުނިއުކާލުމާއި ކުނި ނައްތާލުމާއި ގުޅޭ އުސޫލުގައިވާ ގޮތަށެވެ.
- މަޑުއްވަރީ ކައުންސިލުން ކަނޑައަޅާފައިވާ އިޖްތިމާޢީ ސަރަޙައްދު މިއިޢުލާނާއި އެއްފަތްކޮށްފައިވާނެއެވެ.
- އިޖްތިމާޢީ ސަރަޙައްދުގެ ބޮޑުމިން: 556275 އަކަފޫޓު
- މަސައްކަތުގެ މުއްދަތު: 2 އަހަރު
- ސާފުކުރުން ކަމުގައި ބަލަނީ އިޖްތިމާއި ޞަރަޙައްދަށް އެޅިފައިވާ އެންމެހާ ކުންޏާއި ގައުކުޑި އަދި ފަޅާފައިވާ ވިނަ ނޮޅާ ސާފުކުރުމަށެވެ.
- އިޖްތިމާއީ ޞަރަޙައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ޞަރަޙައްދުގައި އިންދާފައިވާ ނުވަތަ ފަޅައިގެން ހެދިފައިވާ އެއްވެސް ގަހެއް ނުވަތަ ރުކެއް ކަނޑަން ވާނީ ކައުންސިލުގެ ހުއްދަލިބިގެން ކައުންސިލުން ފޮނުވާ މީހެއްގެ ހާޒިރުގައެވެ.
- އިޖްތިމާއީ ޞަރަޙައްދުން ސާފުކޮށްގެން ނަގާކުނި ދުވަހުން ދުވަހަށް ކުނިކޮށްޓަށް ގެންދަންވާނެއެވެ. އަދި ގައުކުޑި ގައު އެޅުމަށް ކައުންސިލުން ކަނޑައަޅާތަނަކަށް އަޅަންވާނެއެވެ.
މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2021 ސެޕްޓެންބަރު 19 ވާ އާދިއްތަ ދުވަހުގެ 13:30 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު، އަންދާސީ ހިސާބު ހުށަހަޅުއްވާ ގަޑީގައެވެ. މިމަސައްކަތްކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށެވެ.
އަގު ހުށަހަޅަންވީ ގޮތް:
- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
- އަންދާސީ ހިސާބު ހުށަހަޅަންވާނީ މިއިދާރާއިން ދޫކޮށްފައިވާ މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމްގައެވެ.
- އަންދާސީ ހިސާބު އިވެލުވޭޓް ކުރާއިރު ބެންޗްމާރކްގެ ގޮތުގައި ބަލާނީ ހުށަހަޅާފައި އޮންނަ އެންމެ ކުޑަ އަގެވެ.
- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
"އިޖުތިމާޢީ ސަރަޙައްދު ސާފުކުރުން"
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ރ. މަޑުއްވަރި، ދިވެހިރާއްޖެ
- · ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
- ކުންފުނި/އިންވެސްޓްމެންޓްގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
- ކުންފުނީގެ ޕްރޮފައިލް
- ތަޖުރިބާގެ ލިޔުންތައް
- އަންދާސީ ހިސާބު ހުށަހަޅާ ފޯމް
- މަސައްކަތު ތާވަލު
- · މާކްސް ދެވޭގޮތުގެ ތަފްސީލު:
- މާކްސް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :
- އަގު %85
- ތަޖުރިބާ
- ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި މަސައްކަތާއި ބެހޭގޮތޮން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2021 އޮގަސްޓް 16 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
އީމެއިލް އެޑްރެސް: [email protected]
ކޮޕީ: [email protected]
ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މި އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.