ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރުކުރުމާބެހޭ

އިޢުލާނު

އެމްޕްލޯއިމަންޓް އެޕްރޫވަލް ލިބިގެން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ އިންޑިޔާގެ ރައްޔިތުންގެ ތެރެއިން ދިވެހި ސަރުކާރުގެ ވަޒީފާ އަދާކުރާ އިންޑިޔާގެ ރައްޔިތުންނާއި ޕަބްލިކް ކުންފުނިތަކުގައި ވަޒީފާ އަދާކުރާ އިންޑިޔާގެ ރައްޔިތުން ފިޔަވައި އެހެނިހެން ފަރާތްތަކުގެ ވަޒީފާ އަދާކުރާ އިންޑިޔާގެ ރައްޔިތުންނަށް ދޫކޮށްފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރުކުރެވޭނީ އެފަރާތްތަކުގެ ވަޒީފާގެ އެއްބަސްވުން ދިވެހިރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނުން އެޕްރޫވްކޮށް ތައްގަނޑުޖެހުމަށްފަހު އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޕްލޯޑް ކުރުމުން ކަމުގައި ހަމަޖައްސައިފީމެވެ. 

މިކަން މިގޮތަށް ހަމަޖެއްސުމުން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ އިންޑިޔާގެ ރައްޔިތުންގެ ތެރެއިން ދިވެހި ސަރުކާރުގެ ވަޒީފާ އަދާކުރުމަށް އަންނަ އިންޑިޔާގެ ރައްޔިތުންނާއި ޕަބްލިކް ކުންފުނިތަކުގެ ވަޒީފާއަށް އަންނަ އިންޑިޔާގެ ރައްޔިތުން ފިޔަވައި އެހެނިހެން ފަރާތްތަކުގެ ވަޒީފާއަށް އަންނަ އިންޑިޔާގެ ރައްޔިތުންގެ ވާރކް ވިސާއަށް އެދި އެޕްލިކޭޝަން ފޯމް ހުށަހަޅާއިރު ދިވެހިރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނުން އެޕްރޫވްކޮށް ތައްގަނޑު ޖަހާފައިވާ ވަޒީފާގެ އެއްބަސްވުން އެ ފޯމާއެކު ހުށަހަޅަންޖެހޭނެ ވާހަކަ ވެސް ދެންނެވީމެވެ.

ވީމާ، 29 ޖޫން 2014 އިން ފެށިގެން މަތީގައި ދެންނެވިފައިވާގޮތަށް ޢަމަލުކުރެވޭނެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

27 ޝަޢުބާން 1435      

25 ޖޫން 2014
ހޯދާ