ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
މި އެޖެންސީގެ އެއަރކޮންޑިޝަންތައް މަރާމާތުކޮށް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

މި އެޖެންސީގެ އެއަރކޮންޑިޝަންތައް މަރާމާތުކޮށް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

         މި އެޖެންސީގެ އެއަރކޮންޑިޝަންތައް 1 އަހަރުދުވަހުގެ މުއްދަތަށް މަރާމާތުކޮށް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވިފައިވާ ނަންބަރު (IUL)199-GAS/199/2021/26 އިއުލާނު ބާތިލު ކުރުމަށްފަހު އަލުން އިއުލާނު ކުރަމެވެ.

         މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މި އެޖެންސީގެ ވެބްސައިޓް www.nspa.gov.mv ގައިވެސް ޝާއިޢު ކުރެވިފައި ވާނެއެވެ.

        ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ ތިރީގައިވާ ގަޑިތަކުގައި މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ތަފްޞީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

19 ސެޕްޓެމްބަރ 2021

އާދިއްތަ

11:00

އަންދާސީހިސާބު ހުށަހެޅުން

21 ސެޕްޓެމްބަރ 2021

އަންގާރަ

11:00

މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ( ގެ މީޓިންގ ރޫމްއަށް.

އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ( ގެ މީޓިންގ ރޫމްއަށް.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:

-  ފޯން:  3005353+960-

-  ފެކްސް: +960-3003535

-  އީމެއިލް: [email protected]

12 ސެޕްޓެންބަރު 2021
ހޯދާ