ޖަލާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ބައުވެ ހަލާކުވެފައިވާ ޑެސްކާއި ގޮނޑި ނީލަންކިޔުން

އިޢުލާން

މި ސްކޫލްގައި ބޭނުންކޮށް ބައުވެފައިހުރި ޑެސްކްތަކާއި، ގޮނޑިތައް ނީލަންކިޔުމާ ބެހޭ

 މި ސްކޫލްގައި ބޭނުންކޮށް ބައުވެފައިހުރި ޑެސްކްތަކާއި، ގޮނޑިތައް ނީލަން ކިޔުން     2021 ސެޕްޓެންބަރު 24 ވާ ހުކުރު ދުވަހު ހަވީރު 4:15 ގައި މި ސްކޫލްގައި އޮންނާނެއެވެ.  

 މި ނީލަމުގައި ބައިވެރިވެ ވަޑައިގަތުމަށް ބޭނުންވާ ބޭފުޅުން 2021 ސެޕްޓެންބަރު 24 ވާ ހުކުރު ދުވަހު ހަވީރު 4:15 އަށް މި ސްކޫލަށް ވަޑައިގެންނެވުން އެދެމެވެ. މި ނީލަމުގައި ބައިވެރިވެ، ތަކެތި ނަންގަވާ ފަރާތްތަކުން ފައިސާ ދެއްކެވުމަށްފަހު ނީލަން ނިމޭތާ ގިނަވެގެން 2 ގަޑިއިރުތެރޭ ތަކެތި ގެންގޮސް، ބިން ސާފުކުރައްވަންވާނެއެވެ.

ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ. އަދި ނީލަމުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކުންވެސް އެޗް.ޕީ.އޭ ގެ ގައިޑްލައިނާއި އެއްގޮތަށް މާސްކް އަޅުއްވައިގެން ވަޑައިގެންނެވުމަށް އިލްތިމާސް ކުރަމެވެ.

  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • · ޖަލާލުއްދީން ސްކޫލް / ކުޅުދުއްފުށި ސިޓީ
  • ފޯން:  6528815, 6528873
  • އީ-މެއިލް: [email protected]

ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ސެޕްޓެންބަރު 2021
ހޯދާ