މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޭންޑްޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމާބެހޭ

 

ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމާބެހޭ

 

 

 

                   މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ބ.ފެހެންދޫ ލޭންޑް ޔޫސް ޕްލޭން ހައދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

                   ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަން 16 ސެޕްޓެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ ރަސްމީގަޑީގައި، ނަމްބަރ 9741237 ފޯނާ ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 22 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ނުވަތަ މިއިދާރާގެ ރަސްމީ މެއިލް [email protected]  އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުނުކުރައްވާ ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

 

                 މިކަމަށް އެދި އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވްސްއެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް އޮތް ފަރާތަކުންނެވެ. އަދި އަންދާސީ ހިސާބާއެކު ކުންފުނި ނުވަތަ ކޯޕަރޭޓިވް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓަރީގެ ކޮޕީއަކާއި، ޖީއެސްޓީ އަށް ރަޖިސްޓަރީ ކޮށްފައިވާނަމަ އެރަޖިސްޓަރީގެ ކޮޕީއާއި، ކުންފުނި ނުވަތަ ކޯޕަރޭޓިވް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޕްރޮފައިލާއި މަސައްކަތު ތަޖްރިބާގެ ލިޔުންތައް ހުށަހަޅުއްވަން ވާނެއެވެ.

 

            މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

           05 ޞަފަރު    1443        

 

           09 ސެޕްޓެމްބަރ 2021

       

09 ސެޕްޓެންބަރު 2021
ހޯދާ