ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާފެހެލާ ކުއްޔަށް ދޫކުރުން

މާފެހަލާ ކުއްޔަށް ދިނުމާއި ގުޅޭ

          މިކައުންސިލުގެ އިޙްތިސާސް ތެރޭގައިވާ މާފެހަލާ ދަނޑުވެރިކާމާއި ސިނާއީ މަސައްކަތް ކުރުމަށް 10 އަހަރު ދުވަހަކަށް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން މިރަށަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

މާކުސް ދެވޭނެ ގޮތުގެ ތަފްސީލް

#

ތަފްސީލް

މާކުސް

1

އެންމެމަތީ އަގުހުށަހަޅާ ފަރާތްތަކަށް.

40

2

ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން އެއްފަހަރާ އެޑްވާންސްކޮށް އެ ރަށަށް (މާފެހެލާ) އެންމެ ގިނަ ފައިސާ ދިނުމަށް ހުށަހަޅާ ފަރާތް. މިގޮތުން އެފަރާތްތަކުން ދައްކާފައިސާ ކުލިން ކެނޑޭނެއެވެ.

10

3

އިޖްތިމާއީ ކަންކަމަށް އެހީތެރިވެދޭ މިންވަރަށް.

-          މިރަށު (ގއ ކަނޑުހުޅުދޫ) އިޖްތިމާއީ ކަންމަށް ފޯރުކޮށްދޭނެ މާލީ އެހީތެރިކަން (03 މާކުސް)

-          މިރަށު (ގއ ކަނޑުހުޅުދޫ ) ރައްޔިތުންނަށް ވަޒީފާގެ މިންވަރު. (03 މާކުސް)

-          މިރަށު (ގއ ކަނޑުހުޅުދޫ) ގައި ހިންގޭނެ ހަރަކާތްތަކަށް. (03 މާކުސް)

-          މިރަށު (ގއ ކަނޑުހުޅުދޫ) ގައި އިޖްތިމާއީ ގޮތުން ޤާއިމް ކޮށްދޭނެ ކަންތައްތައް. (03 މާކުސް)

-          މިރަށު (ގއ ކަނޑުހުޅުދޫ) ގެ ޒުވާނުން ތަމްރީނު ކުރުން. (03 މާކުސް)

 (މިކަންތައްތަކަށް ހުށަހަޅާ މިންވަރަށް ބަލާ މާކުސް ދެވޭނެ)

15

4

-          ދަނޑުވެރިކަމާއި، ސިނާއީ މަސައްކަތް ކުރުމުގެ މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު ތަޖްރިބާގެ މުއްދަތަށް

15

5

ޕްރޮޖަކްޓަށް ޚަރަދު ކުރުމަށް ރާވާފައިވާ ފައިސާގެ މިންވަރަށާއި އެފައިސާ ޚަރަދު ކުރުމަށް ރާވާފައިވާ މުއްދަތު. މިގޮތުން މިކަން ޔަގީންކުރުމަށްޓަކައި އެކުންފުނީގެ ނުވަތަ އެފަރާތެއްގެ 1 އަހަރު ދުވަހު ބެންކް ސްޓޭޓްމަންޓް، ނުވަތަ އެފަދަ ލިޔުންތައް ހުށަހެޅުން

 

10

 

6

ޕްރޮޖަކްޓު ނިންމާ އެބިންތަކުން ރައްޔިތުންނަށް ޚިދުމަތް ދޭން ހުށަހަޅާ އަވަސް މުއްދަތަށް

10

 

       ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 އޮކްޓޫބަރ 2021 ވާ އާދީއްތަ ދުވަހު 13:00 ށް އަގުގެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

އަގާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

-          މާކުސް ދެވޭނެ ގޮތުގެ ތަފްސީލުގައިވާ ހުރިހާ ލިޔުންތައް

-          ކުންފުންޏެއްގެ ނަމުގައި އަގު ހުށަހަޅާނަމަ ކުންފުނީގެ ޕްރޮފައިލް އަދި ރަޖިސްޓްރީ ސެޓްފިކެޓް، ޖީއެސްޓީ ސެޓްފިކެޓުގެ ކޮޕީ.

-          އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6820020 އަށް ގުޅުއްވުން އެދެމެވެ.

12 ސެޕްޓެންބަރު 2021
ހޯދާ