ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލިފްޓް ސާވިސްކުރުމާއި ގުޅޭ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ފެކަލްޓީ ސެންޓަރ ތަކުގައި ބެހެއްޓިފައިވާ ލިފްޓްތައް ސާވިސް ބަލަހައްޓައި ދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.


 

      ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ފެކަލްޓީ ސެންޓަރ ތަކުގައި ބެހެއްޓިފައިވާ ލިފްޓްތައް ސާވިސް ބަލަހައްޓައި ދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.ވީމާ އެމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

 

މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުން.

                      މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާންއާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި މަސައްކަތާގުޅޭގޮތުން އިތުރު  އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންފުވެލައްވާނަމަ ތިރީގައި ދެންނެވިފައިވާ ނަމްބަރ އަދި އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ބީލަން ބަލައިގަތުން

              ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ  16  ސެޕްޓެމްބަރ  2021  ވާ  ދުވަހު 10:00 ގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ މަރުކަޒީ އިދާރާ  ރައްދެބައިހިނގުން، މާލެ ގައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

              ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް ކަމުގައިވާންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

               މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ގުޅުއްވާނީ.

  • 3345192 ،3345134

               އީ-މެއިލް ކުރައްވާނީ ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ، އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

ނޯޓް:
              ބީލަމާއެކު ހުށަހަޅާ އަގުބަޔާންކުރާ ޝީޓު ނުވަތަ ކޯޓޭޝަންގައި ބީލަންހުށަހަޅާ ފަރާތުގެ ސޮޔާއި ކުންފުންޏެއްނަމަ، ކުންފުނީގެ ތައްގަނޑުޖަހާފައި ހުންނަވާނެއެވެ.  މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ.

 

09 ސެޕްޓެމްބަރ  2021                 

09 ސެޕްޓެންބަރު 2021
ހޯދާ