މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
"ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑު" އެކުލަވާލުން

އިޢުލާން

"ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑު" އެކުލަވާލުން

                  ޤާނޫނު ނަންބަރު 2020/24 (ތަޢުލީމުގެ ޤާނޫނު) ގެ 38 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން މުދައްރިސުން ރަޖިސްޓަރީ ކުރުމާގުޅޭއެންމެހައި ކަންކަން ކުރުމަށްޓަކައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި އުފެއްދުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ "ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑު" މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ އުފައްދަވައި، އަންނަނިވި ގޮތަށް އެކުލަވާލައްވައިފިއެވެ.

  1. ރަޖިސްޓްރަރ: ޢާއިޝަތު ޢާޠިޔާ ނަޞީރު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން
  2. އެޑިޔުކޭޝަނަލް މެނޭޖްމަންޓް ދާއިރާ ނުވަތަ ތަޢުލީމީ ސިޔާސަތުގެ ދާއިރާއިން: ނަހުޒާ ޝަރީފް، އެޑިޔުކޭޝަން އޮފިސަރ
  3. ކިޔަވައިދިނުމުގެ ދާއިރާއިން: ޔުސްރާ މުރާދު، އެޑިޔުކޭޝަން އޮފިސަރ
  4. ތަޢުލީމީ މަންހަޖު އެކުލަވާލުމުގެ ދާއިރާއިން: އާމިނަތު މުޙައްމަދު، އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ކޯޑިނޭޓަރ
  5. ޗައިލްޑް ސައިކޮލޮޖީ ނުވަތަ އެޑިޔުކޭޝަނަލް ސައިކޮލޮޖީގެ ދާއިރާއިން: ފައުޒިއްޔާ ޢަލީ، އެޑިޔުކޭޝަން އޮފިސަރ

 

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

02 ޞަފަރު    1443

09 ސެޕްޓެންބަރު 2021
ހޯދާ