އއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ނީލަން ކިޔުން

މި މަރުކަޒުގައި ބޭނުންކޮށް ބައުވެފައިހުރި ތަކެތި ނީލަން ކިޔުމާ ބެހޭ              

 މި މަރުކަޒުގައި  ބޭނުންކޮށް ބައުވެފައިހުރި ތަކެތި ނީލަން ކިޔުން 2021 އޮކްޓޫބަރު 08ވާ ހުކުރު ދުވަހު ހަވީރު 4:15ގައި މި މަރުކަޒުގައި އޮންނާނެއެވެ.

މި ނީލަމުގައި ބައިވެރިވެ ވަޑައިގަތުމަށް ބޭނުންވާ ބޭފުޅުން 2021 އޮކްޓޫބަރު 08ވާ ހުކުރު ދުވަހު ހަވީރު 4:15 އަށް މި މަރުކަޒަށް ވަޑައިގެންނެވުން އެދެމެވެ. މި ނީލަމުގައި ބައިވެރިވެ ތަކެތި ނަންގަވާ ފަރާތްތަކުން ފައިސާ ދެއްކެވުމަށްފަހު ނީލަން ނިމޭތާ ގިނަވެގެން 6 ގަޑިއިރު ތެރޭ ތަކެތި ގެންގޮސް، ބިން ސާފުކުރައްވަންވާނެއެވެ.

ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ. އަދި ނީލަމުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކުންވެސް އެޗް.ޕީ.އޭގެ ގައިޑްލައިނާ އެއްގޮތަށް މާސްކް އަޅުއްވައިގެން ވަޑައިގެންނެވުމަށް އިލްތިމާސް ކުރަމެވެ.

  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • އއ. އަތޮޅު ތަޢުލީމީ މަރުކަޒު
  • ފޯން: 6660020
  • އީ-މެއިލް: [email protected]
  • ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ސެޕްޓެމްބަރު 2021

09 ސެޕްޓެންބަރު 2021
ހޯދާ