ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މެއިންޓަނަންސް އޮފިސަރގެ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެ.

 މިއިދާރާއަށް މެއިންޓަނަންސް އޮފިސަރގެ މަޤާމަށް މުވައްޒަފުން ނެގުމަށް ބޭނުންވެއެވެ.

މަޤާމް

މެއިންޓަނަންސް އޮފިސަރ

ބޭނުންވާ ޢަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ކޮންޓްރެކްޓް (01 އަހަރު ދުވަހަށް )

މަޤާމުގެ ރޭންކް:

 އެސް. އެސް 2

މަޤާމުގެ

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

މުސާރައާއި އެލަވަންސް

އަސާސީ މުސާރަ: -/6000 ( ހަހާސް) ރުފިޔާ ( މަހަކު )

ސާރވިސް އެލަވަންސް: -/1000 (އެއްހާސް)ރުފިޔާ (މަހަކު)

މުސާރާއާއި އެލަވަންސް އިން އުނިކުރެވޭގޮތް

މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 233.33 (ދުއިސައްތަތިރީސް ތިންރުފިޔާ /ތިރީސްތިން ލާރި )

މަސައްކަތްކުރަންޖެހޭ ދުވަހާއި ގަޑި

ހަފްތާއަކު 6 ދުވަހު، ދުވާލަކު 07 ގަޑިއިރު      ހުކުރު ދުވަހު 3 ގަޑީއިރު

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

މެއިންޓަނަންސް އޮފިސަރުގެ މަސްއޫލިއްޔަތުތައް

  • ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުމާއި، ކައުންސިލާއި ސެކެރެޓްރީ ޖެނެރަލްއަށާއި، ސްޕަވައިޒަރަށް ޖަވާބުދާރީވުން.   
  • ޚާއްޞަ ހާލަތްތަކުގައި ކައުންސިލް އެހެނިހެން ސެކްޝަންތަކަށް އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން
  • މިއިދާރާގެ ފަރާތުން ކުރާ އެހެން މަސައްކަތުގައި އިދާރާއިން ބޭނުންވެއްޖެނަމަ ބައިވެރިވުމާއި އެހީތެރިވުމާއިމުނިސިޕަލް ސެކްޝަންގެ ފަރާތުން ކުރަންޖެހޭ އެހެން ކަންތައްތައް ކުރިޔަށް ގެންދެވުމުގައި ބައިވެރިވެ ޢަމަލީގޮތުން ޙަރަކާތްތެރިވުން.
  • މިއިދާރާގެ އެކި ސެކްޝަންތަކުން އިންތިޒާމްކުރާ ކަންތައްތަކަށް ލިބިދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި މީގެ އިތުރުން ޑިޕާރޓްމަންޓް ހިންގަވަން ހުންނަ ވެރިއަކު ޙަވާލުކުރައްވާ އިދާރާގެ މަސައްކަތްތައްކުރުން.
  • މިއިދާރާއާއި އިދާރާގެ ބެލެހެއްޓުމުގެ ދަށުގައިވާ ތަންތަނާއި ތަކެތީގެ ކަރަންޓުގެ މަރާމާތު މަސައްކަތްތައް ސްޕަވައިޒަރު އަންގާ ގޮތަކަށް ކުރަމުން ގެންދިއުން.
  • މިއިދާރާއާއި އިދާރާގެ ބެލެހެއްޓުމުގެ ދަށުގައިވާ ތަންތަނުގެ އެއަރކޯންތައް ސަރވިސްކޮށް މަރާމާތުކުރުމުގެ މަސައްކަތައް ކުރަމުން ގެންދިޔުން.
  • ތަނުގެ ފާޚާނާތަކާއި ފަރުނީޗާރތަކަށް ލިބޭ ގެއްލުންތައް ބަލާ، ތަނުގެ ފެސިލިޓީސް ބޭނުންކުރެވޭ ރަގަނޅު ޙާލަތުގައި ބެހެއްޓުމަށް އަމިއްލައަށް ކުރެވޭވަރުގެ މަރާމާތުތައްކޮށް އަދި ބޮޑެތި މަރާމާތްތައް ވެރިންގެ އިރުޝާދުގެ މަތިން ކުރުވުން. (އަމިއްލައަށް ކުރެވޭ ނުކުރެވޭ މަސައްކަތްތައް ނިންމާނީ ތަނުގެ ކަމާބެހޭ އިސް މުވައްޒަފެވެ).
  • މިއިދާރާގެ ކޮމްޕިއުޓަރ ތައް ސާފުކޮށް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން.
  • މެއިންޓަނަންސާއި ގުޅޭ މަސައްކަތްތައް ކުރުމަށް ހުޅުވަންޖެހޭ ތަންތަން ހުޅުވައި، މަސައްކަތްކުރަމުންދާއިރު ތަނާއި ތަކެތި ޒިންމާދާރު ގޮތެއްގައި ބެލެހެއްޓުން.
  • ތަނުގެ އިކްވިޕްމަންޓްތައް މަރާމާތުކުރުމުގައި ބައިވެރިވެ، ތަކެތި ބެލެހެއްޓުން.
  • މިއިދާރާގެ ޢިމާރާތްތަކާއި ތަކެތި ބެލެހެއްޓުމުގެ މަސައްކަތް ކުރުން؛ އަދި މިއިދާރާގެ ޢިމާރާތްތަކަށް ގެންނަޖެހޭ ބަދަލުތައް ގެނައުމާއި މަރާމާތުކުރުމަށް ބޭނުންވާ މަސައްކަތްކުރުން؛ 
  • މިއިދާރާގެ ޢިމާރާތްތަކާ ގުޅިފައިވާ އެކި ބައިތަކާއި ތަންތަން މަރާމާތުކުރުމުގެ މަސައްކަތް ކުރުން؛ 
  • މިއިދާރާގެ އެންމެހާ ޢިމަރާތްތަކާއި ޢިމާރާތްތައް ހިމެނޭ ބިންތަކާއި އެ ތަންތާނގެ ވަށައިގެންވާ ތަންތާނގެ ރައްކާތެރިކަމަށާއި ހަލާކުވުން ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން؛
  • މިއިދާރާގެ ބޭނުމަށް ގެންނަ އެކިއެކި ތަކެތި، އެ އެއްޗެއް ގެންދިއުމަށް ހަމަޖެހިފައިވާ ތަނަކަށް ގެންގޮސްދިނުން؛
  • މީޓިން ތަކާއި، ހަފުލާތަކާއި، މުބާރާތްތަކާއި އަދި މިނޫންވެސް ޕްރޮގްރާމް ތަކަށް ބޭނުންވާ މެއިންޓަނަންސް އެހީތެރިކަން އެކަމަކާ ހަވާލުވެ ހުންނެވި ވެރިޔަކު އަންގާގޮތަކަށް ކުރުން؛
  • މެއިންޓަނަންސް މަސައްކަތްތަކާބެހޭ ވީކްލީ އަދި މަންތްލީ ރިޕޯޓްތަކަށް ބޭނުންވާ މަޢުލޫމާތު ލިބިދިނުން؛  
  • މިއިދާރާގެ ލޮޖިސްޓިކް މަސައްކަތްތައް ކުރުވުމާއި، މީޓިންގ އަދި ޙަފްލާތަކަށް ބޭނުންވާ ލޮޖިސްޓިކް ސަޕޯރޓްދިނުމުގެ މަސައްކަތް ބެލެހެއްޓުން؛
  • މިއިދާރާގެ ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން؛

މަޤާމުގެ ޝަރުތުތައް

  1. ލިޔަންކިޔަން އެގުން މިފަދަ މަސައްކަތްތައް ކުރަންއެނގޭ ފަންނީ މީހަކަށްވުން

(ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ސްކޫލް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  4. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

ވަޒިފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ

(%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމު

25

10

15

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

30

70

15

ލިބިފައިވާ ހުނަރު

އިންޓަރވިއު

100

15

70

ޖުމްލަ

185

100

100

ނޯޓް: މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރީއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %30 (ތިރީސް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ސެޕްޓެންބަރު 15 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 ސެޕްޓެންބަރު 16 އާއި
2021 ސެޕްޓެންބަރު  23 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މައުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މި އިދާރާގެ ނަންބަރު  6500013 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ. މެއިލް ކޮށްގެން  ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

07 ސެޕްޓެންބަރު 2021
ހޯދާ