ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

   

                                ނަންބަރު: (IUL)469-HR/469/2021/7

އިޢުލާން

                               ވަޒީފާގެ ފުރުޞަތު

މަގާމު:

ޑިރެކްޓަރ، ޕްރޮގްރާމްސް، ރިސާރޗް އެންޑް އެޑްވޮކެސީ

ބޭނުންވާ ޢަދަދު:

1  (އެކެއް)

މަގާމުގެ ބާވަތް:

 ދާއިމީ

މަގާމުގެ ރޭންކް:

DMT5-1  (ޓެކްނިކަލް)

ސެކްޝަން / ޔުނިޓް:

ޕްރޮގްރާމްސް، ރިސާރޗް އެންޑް އެޑްވޮކެސީ

އޮފީސް:

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ

މުސާރަ:

މަހަކު -/12865 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/5790 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މަހަކު -/5789 ރުފިޔާ

އިތުރު އިނާޔަތްތައް:

  1. މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

މައިގަނޑު މަސައްކަތްތައް

  1. ރާއްޖެއަށް ކުރިމަތިވެދާނެ ކާރިސާއެއްގެ ސަބަބުން ޙާލުގައިޖެހޭ ރައްޔިތުންނަށް ސަރުކާރުން ކަޑައަޅާ އުޞޫލެއްގެ މަތީން ދޭންޖެހޭ ވަގުތީ ބޯހިޔާވަހިކަމާއި، ޓެންޓާއި، ޑިޒާސްޓަރ ކުރިމަތިވި ސަރަހައްދުގައި ބޯފެނާއި ކެއިންބުއިމަށް ބޭނުންވާ ސާމާނާއި، ބޭސް ފަރުވާ އަދި އެހީގެ ތަކެއްޗާއި އެންމެހާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި މިކަމަށް ވާންޖެހޭ ތައްޔާރީތައްވުމަށް ބޭނުންވާ އެންމެހާ އެހީތެރިކަން ފޯރުކޮށް ދިނުން.
  2. ކާރިސާގެ ނުރައްކާތެރިކަންއޮތް މިންވަރު ދެނެގަތުމަށް ހަދަންޖެހޭ ދިރާސާތައް ހެދުމާއި (ރިސްކް އެސެސްމަންޓް އެންޑް އެނަލިސިސް)، ކާރިސާގެ މަސައްކަތްތަކާ ގުޅޭގޮތުން ބައިނަލް އަގްވާމީ ފެންވަރުގައި ހެދިފައިވާ ފްރޭމްވޯކްތަކުގައިވާ މަސައްކަތްތައް ހާސިލު ކުރުމަށް ކަމާގުޅުންހުރި ދާއިރާތަކާއެކު މަސައްކަތް ކުރުމާއި ރިޕޯޓު ކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓު ކުރުން
  3. ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ގެންދާއިރު، ޑިސާސްޓަރ ރިސްކު ރިޑަކްޝަން އަށް އިސްކަން ދިނުމުގެ ގޮތުން މަސައްކަތް ކުރެވޭކަން ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  4. މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހަދާ އެންވަޔަރްމަންޓް އިމްޕެކްޓް އެސެސްމެންޓްތަކަށް ޑިސާސްޓަރ ރިސްކް ރިޑަކްޝަންގެ ދާއިރާއިން ދޭންޖެހޭ ފަންނީ ލަފާ ދިނުން.
  5. ކާރިސާއާގުޅޭ ކަންކަން ބެލެހެއްޓުމާގުޅޭ ދިރާސާކުރުމާއި މަޢުލޫމާތު އެއްކުރުމާއި ފެތުރުން؛
  6. ރަށުފެންވަރުގެ ކާރިސާތަކަށް ތައްޔާރުވުމާއި މީހުން ހޭލުންތެރިކުރުވުމާށާއި، ކާރިސާތަކުން ލިބޭގެއްލުންތައް ކުޑަ ކުރުމަށް ޢާންމުން ހޭލުންތެރިކުރުވުމަށް ޕްރޮގްރާމްތައް އެކުލަވާ ލާ ހިންގުން
  7. ކާރިސާއިން ލިބޭ ގެއްލުން ކުޑަކުރުމަށާއި ތައްޔާރުކަން އިތުރު ކުރުމަށް ސަރުކާރުގެ ކަމާގުޅުންހުރި އެހެން އިދާރާތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކާ އެކު މަސައްކަތް ކުރުން ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ހިންގޭ އެކި އެކި ޕްރޮޖެކްސްތައް ހިންގުން
  8. ސިޓީތަކާއި އަތޮޅުތަކާއި ރަށްތަކުގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭންތަކާއި ޕްރޮގްރާމްތައް ރާވައި ކުރިއަށްގެންދިއުމުގައި އެތަނެއްގެ އިސްވެރިންނަށް އެހީތެރިވެދީ ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން؛
  9. ކާރިސާއިން ލިބޭ ގެއްލުން ކުޑަކުރުމާއި އަދި އެކަމާބެހޭ ކަންކަން ބެލެހެއްޓުމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ އެއްބާރުލުން ލިއްބައިދޭ ނިޒާމުތައް ޤާއިމުކުރުން؛ ކާރިސާއެއްގެ ވަގުތުގައި ފުރަތަމަ ޙަރަކާތްތެރިވާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
  10. ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ކޮންސަލްޓެންޓުން ހިންގަވާ ވޯކްޝޮޕް، ސެމިނާރ ފަދަ ބައްދަލުވުންތައް ރާވާ ހިންގުމަށް ބޭނުންވާނޭ  އެހީތެރިކަން ދިނުން އަދި ސަރުކާރާއި އެހެނިހެން ދާއިރާތަކުގައި ކާރިސާއަށް  އަހުލުވެރިކަން އިތުރުކުރުމާއި ދިވެހި ރެޑް ކްރެސެންޓާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޖަމާޢަތްތަކުގެ މެދުގައި ގުޅުން އުފެއްދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  11. ރާއްޖެއިން ބޭރުން ހިންގަވާ ވޯކްޝޮޕް، ސެމިނާރ ފަދަ ބައްދަލުވުންތަކުގައި މި އޮތޯރިޓީ ތަމްސީލްކުރުން
  12. ސެކްޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ސްޕަވައިޒްކޮށް ދޭންޖެހޭ އެހީތެރިކަން ދިނުން.

 

މަގާމުގެ ޝަރުތުތައް:

  1. މަސައްކަތާ ގުޅުންހުރި ދާއިރާ (ޑިޒާސްޓަރ މެނޭޖްމަންޓް، އެންވަޔަރަންމަންޓް މެނޭޖްމަންޓް، އިމަރޖެންސީ މެނޭޖްމަންޓް، ޑިވެލޮޕްމަންޓަލް ސްޓަޑީޒް، އިންޓަރނެޝަނަލް ރިލޭޝަންސް، ޕްރޮޖެކްޓް ފައިނޭންސް އެންޑް މެނޭޖްމަންޓް) އަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއިން 3އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، ހިންގުމުގެ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ޖުމްލަ 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

  1. މަސައްކަތާ ގުޅުންހުރި ދާއިރާ (ޑިޒާސްޓަރ މެނޭޖްމަންޓް، އެންވަޔަރަންމަންޓް މެނޭޖްމަންޓް، އިމަރޖެންސީ މެނޭޖްމަންޓް، ޑިވެލޮޕްމަންޓަލް ސްޓަޑީޒް، އިންޓަރނެޝަނަލް ރިލޭޝަންސް، ޕްރޮޖެކްޓް ފައިނޭންސް އެންޑް މެނޭޖްމަންޓް) އަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، ހިންގުމުގެ ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ޖުމްލަ 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

                                      

މަގާމު:

ޑިރެކްޓަރ، އިމަރޖެންސީ މެނޭޖްމަންޓް

ބޭނުންވާ ޢަދަދު:

1  (އެކެއް)

މަގާމުގެ ބާވަތް:

 ދާއިމީ

މަގާމުގެ ރޭންކް:

DMT5-1  (ޓެކްނިކަލް)

ސެކްޝަން / ޔުނިޓް:

އިމަރޖެންސީ މެނޭޖްމަންޓް

އޮފީސް:

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ

މުސާރަ:

މަހަކު -/12865 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/5790 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މަހަކު -/5789 ރުފިޔާ

އިތުރު އިނާޔަތްތައް:

  1. މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

މައިގަނޑު މަސައްކަތްތައް

  1. ރާއްޖެއަށް ކުރިމަތިވެދާނެ ކާރިޘާއެއްގެ ސަބަބުން ޙާލުގައިޖެހޭ ރައްޔިތުންނަށް ސަރުކާރުން ކަޑައަޅާ އުޞޫލެއްގެ މަތީން ދޭންޖެހޭ ވަގުތީ ބޯހިޔާވަހިކަމާއި، ޓެންޓާއި، ޑިޒާސްޓަރ ކުރިމަތިވި ސަރަހައްދުގައި ބޯފެނާއި ކެއިންބުއިމަށް ބޭނުންވާ ސާމާނާއި، ބޭސް ފަރުވާ އަދި އެހީގެ ތަކެއްޗާއި އެންމެހާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި މިކަމަށް ވާންޖެހޭ ތައްޔާރީތައްވުމަށް ބޭނުންވާ އެންމެހާ އިދާރީ އެހީތެރިކަން ފޯރުކޮށް ދިނުން.
  2. މިސެންޓަރުގެ އިމަރޖެންސީ އޮޕަރޭޝަންގެ ސްޓޮކް ބެލެހެއްޓުމުގެ މަސައްކަތްތައް ރޭވުމާއި، އަދި އީ.އޯ.ސީގެ ޑިއުޓީ އޮންކޯލް ޓޭބަލްއާއި އެއްގޮތަށް ޑިއުޓީ ޙަވާލުކުރެވެމުންދޭތޯ ބަލާ މޮނިޓަރ ކުރުމާއި، މި މަސައްކަތްތައް ހަރުދަނާ ކުރުން
  3.  ކާރިޘާތަކާއި ކުއްލި ނުރައްކަލުގެ ހާދިސާތަށް ޢާއްމުވެ އެފަދަ ކާރިޘާތަކުން ރައްޔިތުންގެ ފުރާނަޔަށް ގެއްލުންވުމުގެ ފުރުސަތު ބޮޑު ވަމުން ދިއުމާއި ގުޅިގެން ޑިޒާސްޓަރ ރެސްޕޮންސް ގެ އިތުރުން ޑިޒާސްޓަރ މެނޭޖްމަންޓް، ޑިޒާސްޓަރ ރިސްކް މިޓިގޭޝަން، ޕްރިޕެއަރޑްނަސް، ރިލީފް އަދި ރިކަވަރީ ގެ މަސައްކަތްތައް ރޭވުމާއި އެމަސައްކަތްތައް މޮނިޓަރ ކުރުން
  4. ކާރިޘާއެއްގެ ސަބަބުން ގެއްލުންލިބުމުގެ ފުރުޞަތު ކުޑަކުރުމާއި ކާރިޘާތަކަށް ތައްޔާރުވުމާއި ކާރިޘާއެއް ދިމާވުމުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ޕްލޭންގައިވާ ގޮތުގެ މަތިން ކާރިޘާއާއި ގުޅިގެން ލިބިފައިވާ ގެއްލުންތަކުގެ އެންމެހާ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން އަދި އެސެސްމަންޓް ހަދަންޖެހޭ ހާލަތްތަކުގައި އެސެސްމަންޓް ހެދުމުގައި ލަފާ ދިނުމާއި، އެމަސައްކަތްތައް ރާވާ މޮނިޓަރ ކުރުން
  5. ކާރިސާއަށް އިޖާބަދިނުމަށް ބޭނުންވާ މީހުންނާއި ވަސީލަތްތައް ދެނެގަތުމާއި، މީހުންނާއި ވަސީލަތްތައް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި ވިލަރެސްކުރުން
  6. ކާރިސާގައި ލިބުނު ގެއްލުމާބެހޭ މަޢުލޫމާތާއި، ލިބުނު އެހީއާއި، އެ އެހީ ފޯރުކޮށްދެވުނުގޮތުގެ މަޢުލޫމާތު ބެލެހެއްޓުން
  7. ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ކޮންސަލްޓެންޓުން ހިންގަވާ ވޯކްޝޮޕް، ސެމިނާރ ފަދަ ބައްދަލުވުންތައް ރާވާ ހިންގުމަށް ބޭނުންވާނޭ  އެހީތެރިކަން ދިނުން އަދި ސަރުކާރާއި އެހެނިހެން ދާއިރާތަކުގައި ކާރިސާއަށް  އަހުލުވެރިކަން އިތުރުކުރުމާއި ދިވެހި ރެޑް ކްރެސެންޓާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޖަމާޢަތްތަކުގެ މެދުގައި ގުޅުން އުފެއްދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  8. ރާއްޖެއިން ބޭރުން ހިންގަވާ ވޯކްޝޮޕް، ސެމިނާރ ފަދަ ބައްދަލުވުންތަކުގައި މިއޮތޯރިޓީ ތަމްސީލްކުރުން
  9. ސެކްޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ސްޕަވައިޒްކޮށް ދޭންޖެހޭ އެހީތެރިކަން ދިނުން.

މަގާމުގެ ޝަރުތުތައް:

  1. މަސައްކަތާ ގުޅުންހުރި ދާއިރާ (ޑިޒާސްޓަރ މެނޭޖްމަންޓް، އެންވަޔަރަންމަންޓް މެނޭޖްމަންޓް، އިމަރޖެންސީ މެނޭޖްމަންޓް، ހިއުމަން ސެކިއުރިޓީ، ސޯޝަލް ސަރވިސަސް، ސޯޝަލް އެންޑް ބިހޭވިއަރަލް ސައިންސަސް) އަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއިން 3އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، ހިންގުމުގެ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ޖުމްލަ 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

  1. މަސައްކަތާ ގުޅުންހުރި ދާއިރާ (ޑިޒާސްޓަރ މެނޭޖްމަންޓް، އެންވަޔަރަންމަންޓް މެނޭޖްމަންޓް، އިމަރޖެންސީ މެނޭޖްމަންޓް، ހިއުމަން ސެކިއުރިޓީ، ސޯޝަލް ސަރވިސަސް، ސޯޝަލް އެންޑް ބިހޭވިއަރަލް ސައިންސަސް)އަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، ހިންގުމުގެ ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ޖުމްލަ 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

                                      

މަގާމު:

ޑިރެކްޓަރ، ޕޮލިސީ އެންޑް ޕްލޭނިންގ

ބޭނުންވާ ޢަދަދު:

1  (އެކެއް)

މަގާމުގެ ބާވަތް:

 ދާއިމީ

މަގާމުގެ ރޭންކް:

DMT5-1  (ޓެކްނިކަލް)

ސެކްޝަން / ޔުނިޓް:

ޕޮލިސީ އެންޑް ޕްލޭނިންގ ސެކްޝަން

އޮފީސް:

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ

މުސާރަ:

މަހަކު -/12865 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/5790 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މަހަކު -/5789 ރުފިޔާ

އިތުރު އިނާޔަތްތައް:

  1. މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

މައިގަނޑު މަސައްކަތްތައް

  1. ރާއްޖެއަށް ކުރިމަތިވެދާނެ ކާރިޘާއެއްގެ ސަބަބުން ޙާލުގައިޖެހޭ ރައްޔިތުންނަށް ސަރުކާރުން ކަޑައަޅާ އުޞޫލެއްގެ މަތީން ދޭންޖެހޭ ވަގުތީ ބޯހިޔާވަހިކަމާއި، ޓެންޓާއި، ޑިޒާސްޓަރ ކުރިމަތިވި ސަރަހައްދުގައި ބޯފެނާއި ކެއިންބުއިމަށް ބޭނުންވާ ސާމާނާއި، ބޭސް ފަރުވާ އަދި އެހީގެ ތަކެއްޗާއި އެންމެހާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި މިކަމަށް ވާންޖެހޭ ތައްޔާރީތައްވުމަށް ބޭނުންވާ އެންމެހާ އިދާރީ އެހީތެރިކަން ފޯރުކޮށް ދިނުން.
  2. ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކާރިސާގެ ނުރައްކާތެރިކަން ކުޑަކުރުމާ ގުޅޭގޮތުން، ގަވާއިދުތަކާއި އުސޫލުތަކާއި ޕްލޭންތައް ހެދުން؛
  3. ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލަށް ލަފާދިނުން: ޤާނޫނާ ގުޅުންހުރި ޤާނޫނުތަކާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނާއި، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ޕްލޭން އަދި ކާރިސާއާގުޅޭ ކަންކަން ބެލެހެއްޓުމާގުޅޭ އެހެނިހެން ކަންތައްތައް؛
  4. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމާއި ތަންފީޛުކުރުން؛
  5. ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ޕްލޭން އެކުލަވާލުމާއި ތަންފީޛުކުރުން؛
  6. ސަރުކާރުގެ އެކި މުއައްސަސާތަކާއި ސަރުކާރުގެ މަޤާމުތަކުގައިވާ ފަރާތްތަކުން
    މި ޤާނޫނާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބެލުމާއި ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީއަށް ލަފާދިނުން؛
  7. ކާރިސީހިރާސް ކުޑަކުރުމަށް އެކުލަވާލާފައިވާ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އިސްތިރާޖީތަކުގައި އެއްބަސްވެފައިވާ ކަންތައްތަކާ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެއްގޮތްކުރުން؛
  8. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން ކޮންމެ ފަސް އަހަރަކުން އެއްފަހަރު އާކުރުން؛
  9. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން މުރާޖަޢާކުރުން؛
  10. ކޮންމެ އަހަރަކު، ފުރިހަމަ އަހަރީ ރިޕޯޓަކާއި އޭގެ ކޮޕީ، ގަވާއިދުތަކުގައިވާ ގޮތުގެމަތިން ތައްޔާރުކޮށް ކަނޑައެޅިފައިވާ ވަގުތުގައި އަހަރަކު އެއްފަހަރު ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލަށް ފޮނުވުން؛

ރަށު ފެންވަރުގައި ކާރިސީހިރާސް ކުޑަކުރުމާއި ތައްޔާރުވެ ތިބުމުގެ ޕްލޭންތައް އެކުލަވާލުމާބެހޭ ޤައުމީ އޮނިގަނޑު ތައްޔާރުކުރުން؛

  1. ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ކޮންސަލްޓެންޓުން ހިންގަވާ ވޯކްޝޮޕް، ސެމިނާރ ފަދަ ބައްދަލުވުންތައް ރާވާ ހިންގުމަށް ބޭނުންވާނޭ  އެހީތެރިކަން ދިނުން އަދި ސަރުކާރާއި އެހެނިހެން ދާއިރާތަކުގައި ކާރިސާއަށް  އަހުލުވެރިކަން އިތުރުކުރުމާއި ދިވެހި ރެޑް ކްރެސެންޓާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޖަމާޢަތްތަކުގެ މެދުގައި ގުޅުން އުފެއްދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  2. ރާއްޖެއިން ބޭރުން ހިންގަވާ ވޯކްޝޮޕް، ސެމިނާރ ފަދަ ބައްދަލުވުންތަކުގައި މި އޮތޯރިޓީ ތަމްސީލްކުރުން
  3. ސެކްޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ސްޕަވައިޒްކޮށް ދޭންޖެހޭ އެހީތެރިކަން ދިނުން.

 

މަގާމުގެ ޝަރުތުތައް:

  1. މަސައްކަތާ ގުޅުންހުރި ދާއިރާ (ޑިޒާސްޓަރ މެނޭޖްމަންޓް، އެންވަޔަރަންމަންޓް މެނޭޖްމަންޓް، އިމަރޖެންސީ މެނޭޖްމަންޓް، އެންވަޔަރަންމަންޓަލް އިންޖިނިއަރިން، އާރބަން ޕްލޭނިން، ޑިވެލޮޕްމަންޓަލް ސްޓަޑީޒް، ސޯޝަލް ޕޮލިސީ، ހިއުމެނިޓޭރިއަން ލޯ، ހިއުމަން ސެކިއުރިޓީ، ސްޕޭޝިއަލް ޕްލޭނިން، އިންޓަރނެޝަނަލް ރިލޭޝަންސް (އަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއިން 3އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، ހިންގުމުގެ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ޖުމްލަ 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

  1. މަސައްކަތާ ގުޅުންހުރި ދާއިރާ (ޑިޒާސްޓަރ މެނޭޖްމަންޓް، އެންވަޔަރަންމަންޓް މެނޭޖްމަންޓް، އިމަރޖެންސީ މެނޭޖްމަންޓް، އެންވަޔަރަންމަންޓަލް އިންޖިނިއަރިން، އާރބަން ޕްލޭނިން، ޑިވެލޮޕްމަންޓަލް ސްޓަޑީޒް، ސޯޝަލް ޕޮލިސީ، ހިއުމެނިޓޭރިއަން ލޯ، ހިއުމަން ސެކިއުރިޓީ، ސްޕޭޝިއަލް ޕްލޭނިން، އިންޓަރނެޝަނަލް ރިލޭޝަންސް (އަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، ހިންގުމުގެ ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ޖުމްލަ 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

                                      

މަގާމު:

ފައިނޭންސް އެގްޒެކެޓިވް

ބޭނުންވާ ޢަދަދު:

1  (އެކެއް)

މަގާމުގެ ބާވަތް:

 ދާއިމީ

މަގާމުގެ ރޭންކް:

DMA5-2  (އިދާރީ)

ސެކްޝަން / ޔުނިޓް:

ފައިނޭންޝަލް ޕްލޭނިންގ އެންޑް ބަޖެޓް

އޮފީސް:

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ

މުސާރަ:

މަހަކު -/8685 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/3480 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މަހަކު -/3908 ރުފިޔާ

އިތުރު އިނާޔަތްތައް:

  1. މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

މައިގަނޑު މަސައްކަތްތައް

  1. ކޮންމެ އަހަރެއްގެ އަހަރީ ބަޖެޓް ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވުމާއި، ކޮންމެ އަހަރަކު ލިބޭ ބަޖެޓުން ޚަރަދު ކުރުމުގެ އިންތިޒާމުތައް ރާވާ ކުރިއަށް ގެންދިއުމާއި، މުވައްޒަފުންގެ މުސާރަ ދިނުމުގެ ކަންކަން ހަމަޖެއްސުމާއި، އަދި އޮފީހަށް އަންނަ ބިލްތަކަށް ގަވާއިދުން ފައިސާ ދެއްކުން
  2. އޮފީހުގެ ތިޖޫރީ ހިސާބުތައް ގަވާއިދުން ބެލެހެއްޓުމާއި، ހަދަންޖެހޭ ރިޕޯޓުތައް ގަވާއިދުން ހަދާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  3. މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ރާއްޖޭން ބޭރަށާއި ރާއްޖޭގެ އަތޮޅުތަކަށް ކުރާ ދަތުރުތަކުގައި ދޭންޖެހޭ ޕްކެޓްމަނީ އާއި އެލަވަންސް ދިނުމުގެ ކަންކަން ހަމަޖެއްސުން
  4.  ކާރިސާތަކަށް އިޖާބަ ދިނުމަށް ހަމަޖައްސަންޖެހޭ ފައިސާގެ ކަންކަން މިނިސްޓްރީ އޮފް ފައިނޭންސް އަދި ކަމާއިގުޅޭ އެހެނިހެން އިދާރާތަކާއި ގުޅިގެން ހަމަޖެއްސުމާއި އެމެޖެންސީ ޕެޓީ ކޭޝް ފުރިހަމަ ޢަދަދުގެ %50 އަށް ވުރެ ދަށްވިޔަނުދީ ބެލެހެއްޓުން
  5. ބޭރުގެ އެހީއާއި އެހެނިހެންގޮތްގޮތުންލިބޭ ފައިސާ އާއި ހަވާލުވެ އޭގެން ކުރަންޖެހޭ ޚަރަދުތައް ގަވާއިދުން ކުރުމާއި އޭގެ ރެކޯޑްތައް ބެލެއްޓުމާއި ޗަންދާ އާއި އަހަރީ ފީ ދައްކަންޖެހޭ ފަރާތްތަކަށް ގަވާއިދުން އެ ފައިސާ ދެއްކުން
  6. ޑިޒާސްޓަރ މެނޭޖްމަންޓް ފަންޑުގެ ހިސާބުތައް ބަލަހައްޓާ ފަންޑްގެ ސްޓޭޓްމަންޓް އަހަރަކު އެއްފަހަރު ހާމަ ކުރުން
  7. މީގެ އިތުރުން ފައިނޭންސް އެގްޒެކެޓިވް އަށް މާލިއްޔަތު ގަވާއިދުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުން

މަގާމުގެ ޝަރުތުތައް:

  1. މަސައްކަތާ ގުޅުންހުރި ދާއިރާ  (އެކައުންޓިންގ އެންޑް ފައިނޭންސް) އަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާގައި 4 އަހަރު ދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. މަސައްކަތާ ގުޅުންހުރި ދާއިރާ (އެކައުންޓިންގ އެންޑް ފައިނޭންސް) އަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާގައި 2 އަހަރު ދުވަހު މަސައްކަތުގެ ތަކުރިބާ ލިބިފައިބުން

ވަޒީފާތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  1.  ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިއޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

 

  1. (ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ 

(ށ) މަތީތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 

7. (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ  ނުވަތަ   ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ)   ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

 

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު %40
  • މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު %20
  • ލިބިފައިވާ މަސައްކަތުގެ ހުނަރާއި، (އިންޓަރވިޔު/ޕްރެޒެންޓޭޝަން/ ޕްރެކްޓިކަލް) ފެންވަރާއި ޤާބިލްކަމާއި ސިފަތައް %40

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަގާމަށް އެދި ހުށައަޅާންޖެހޭ ތަކެތި ހުށައަޅާނީ 19 ސެޕްޓެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 12:30 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށް ހުށައަޅާނަމަ ހުށައަޅާ ހުރިހާ ލިޔެކިޔުންތައް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލެކެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިމްތިޚާނާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 3 ން 6 އޮކްޓޫބަރ 2021  އާ ދެމެދު،   ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް " އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ މި މަޢުލޫމާތު ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 3333416،3333456 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

     02 ޞަފަރު    1443

     09 ސެޕްޓެމްބަރ 2021

 

 

 

 

                                                                                                                                 

09 ސެޕްޓެންބަރު 2021
ހޯދާ