ހުރާ ޞިއްޙީ މަރުކަޒު، ކ. ހުރާ
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

`

 

ހުރާ ޞިއްހީމަރުކަޒު

ކ.ހުރާ /ދިވެހިރާއްޖެ 

 

ނަމްބަރ: H5-SM/2021/002(IUL)

 

ޢިޢުލާން

ވަޒީފާގެ ފުރުސަތު   

މަޤާމް

ރިސެޕްޝަނިސްޓް

 

މަޤާމްގެ ނަމްބަރ

J-343184

 

ބޭނުންވާ ޢަދަދު

 (އެކެއް)01

 

މަޤާމްގެ ގިންތި

ދާއިމީ

 

މަޤާމްގެ ރޭންކް

ޖީ.އެސް. 3

 

މަޤާމްގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

 

ވަޒީފާ އަދާކުރަންޖެހޭ ތަން

ކ. ހުރާ ސިއްޙީމަރުކަޒު

 

މުސާރަ

4465.00 ( ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ )

 

ސަރވިސް އެލަވަންސް

1500.00 ( ފަނަރަސަތޭކަ ރުފިޔާ )

 

އިތުރު އިނާޔަތްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

އަދި ރިސްކުއެލަވެންސް ފައިސާ.

3- ސަޕޯޓިންގ ކޯ އެލަވަންސް ( މަހަކު -/700 ރ )

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތަށ މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޑިއުޓީ ގަޑީގައި އަންނަ ކޯލްތަކަށް އަދަބުވެރިކަމާއިއެކު ޖަވާބުދާރީވުން
  2. މަރުކަޒަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާއި ރީތިބަހުން ހިނިތުންވުމާއިއެކު މުޢާމަލާތް ކުރުން
  3. ފުރިހަމަ ކުރަންޖެހޭ ލިޔުންތައް ފުރިހަމަ ކުރުމާއި މެމޯލިޔުން
  4. ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދެވޭ ޚިދުމަތުން އެއްވެސް ފައިސާއެއް ނަގަން ޖެހޭނަމަ ފައިސާނަގާ ރަސީދު ލިޔުމާއި، ނުރަސްމީ ގަޑިތަކުގައި  ފައިސާ ބަލައިގަތުމާއި އެފައިސާ ރައްކާތެރި ކަމާއިއެކު ކޭޝިއަރާއި ދުވަހުން ދުވަހަށް ޙަވާލުކުރުން
  5. އާސަންދައިގެ މެމޯތައް ދުވަހުން ދުވަހަށް އެންޓަރކުރުން އަދި ކޮންމެ މަހެއް ނިމުމުން ކުރީމަހުގެ އާސަންދަ އިންވޮއިސްތައް ތައްޔާރުކޮށް ޑިސްޗަރޖް ސަމަރީ އާއިއެކު އާސަންދަ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުން
  6. ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުންނާއި އެކިއެކި ބޭނުންތައްކަށް މަރުކަޒަށް އަންނަ މީހުންނާއި އެހީތެރިކަން ލިބެންޖެހޭ ފަރާތްތަކަށް ގުޅުވައި ދިނުން.
  7. ތަރުޖަމާނު ނެތިއްޖެ ޙާލަތެއްގައި ތަރުޖަމާނުގެ މަސައްކަތް  ކުރުން
  8. ސިއްޙީމަރުކަޒު ހިންގުމާއި ޙަވާލުވެ ހުންނަވާ ވެރިއެއްގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުން
  9. މަސައްކަތަށާއި ވެރިންނަށް އިޚްލާސްތެރިވެ ޙަވާލުކުރެވޭ މަސައްކަތް ފުރިހަމައަށް އަދާކުރުން
  10. މީގެއިތުރުން އެހެން މުވައްޒަފުންގެ މަސައްކަތުގައި އެހީތެރިވުމާއި އެޑްމިން ބައިން އަންގަވާ ކަންތައްތައް ކުރުން.

 

މަޤާމްގެ ޝަރުތުތައް

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން ' ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ' ސެކަންޑަރީ ސުކޫލް ' ނުވަތަ 'ހަޔަރ ސެކަންޑަރީ ސުކޫލް' ސެޓްފިކެޓް އިމްތިޙާނުގައި ' ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަ         

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަކޮށްފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމް ( މިފޯމް ސިވިލް ސަރވިސްގ ކޮމިޝަނުގެ  www.csc.gov.mv ވެބަސައިޓުންނާއި ، ހުރާ ސިއްޙީމަރުކަޒުންނެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ  ލިޔުންތަކުގެ ކޮޕީ.

ހ) ސިވިލް ސާރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1-      ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

2-      މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

3-      ޤާބިލްކަން ކަށަވަރު ކުރުމަށް އިންތަވިއު ކޮށްގެން

 

މަޤާމަށް އެދެންވީ ގޮތައި ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 ސެޕްޓެމްބަރ 2021  ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން،  ހުރާ ޞިއްހީމަރުކަޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް )  [email protected] (މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅާއިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ވަޒީފާއަށް އެދޭ ފޯމު ހުރާ ޞިއްހީމަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސާރވިސްގެ  ވެބްސައިޓް www.csc.gov.mv އިން މިފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.

 އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

 

ޝޯޓް ލިސްޓް ކުރުން.

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ  ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

 އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު :

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  26 ސެޕްޓެމްބަރ 2021  އާއި 28 ސެޕްޓެމްބަރ 2021  އާ ދެމެދު، ހުރާ ޞިއްހީމަރުކަޒު ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

" ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު) " އާއްމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް(A2 ފޯމު)" އާއްމުކޮށް ފެންނާނެހެންމި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާއްމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

 

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640412 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ    [email protected] އަށެވެ.

ސިވިލް ސާރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ " އައްޔަންކުރުމުގެ އުޞޫލާ ގުޅޭ " (http://www.csc.gov.mv/dv/recruitment-usoolu)

 އިން ލިބެން ހުންނާނެއެވެ.

 

 

09 ސެޕްޓެމްބަރ 2021

09 ސެޕްޓެންބަރު 2021
ހޯދާ