ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ކުއްޔަށް ދިނުމާބެހޭ

              މިރަށު ރޯޝަނީމަގު ހުޅަނގުން ޣާޒީމަގުގެ ދެކުނުން އޮތް ސަރަހައްދުގައި ހުރި ރައްޔިތުންގެ ރުއްގަސް 03 ( ތިނެއް ) އަހަރު ދުވަހަށް ކުއްޔަށް ނަގާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން އެކަމަށް އެދި ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1-         މި ބިޑް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނޫ ( ޤާނޫނު ނަންބަރު 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

2-         ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން އޮންނާނީ 08 ސެޕްޓެންބަރު 2021 ން ފެށިގެން 15 ސެޕްޓެންބަރު 2021 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 14:00 އާ ހަމައަށް ފޯނުން ގުޅައިގެންނާއި ، އީމެއިލް މެދުވެރިކޮށެވެ. ބިޑްގައި ރަޖިސްޓްރީ ވެވަޑައިގަތުމުން ބިޑާގުޅޭ މަޢުލޫމާތު އީ މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.

3-         މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 16 ސެޕްޓެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ.

4-         ބިޑްހުޅުވުން އޮންނާނީ 22 ސެޕްޓެންބަރު 2021 ވާ ބުދަ ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިން ރޫމްގައެވެ. ބިޑްހުށަހެޅުމަށް ބައިވެރިވެވޭނީ ނަންނޯޓްކޮށްފައިވާ ފަރާތްތަކަށް އެކަނިއެވެ. ބިޑްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބިޑަށް ދެވިފައިވާ ނަން، އަދި ބިޑް ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

5-         އިތުރު މަޢުލޫމާތު ތިރީގައިވާ ފޯން އަދި އީމެއިލް މެދުވެރިކޮށް ހޯއްދެވުމަށް ދަންނަވަމެވެ.

-          ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ

ރޯޝަނީމަގު، ތ. ބުރުނި ، ދިވެހިރާއްޖެ  

-          ފޯން: 6780038

-      އީމެއިލް: [email protected]

                  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ. 

                  30 މުޙައްރަމް   1442

                  07 ސެޕްޓެންބަރު 2021

07 ސެޕްޓެންބަރު 2021
ހޯދާ