އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
‏ކުރިއަށް އޮތް 5 އަހަރަށް، އދ.ދިއްދޫގެ ތަރައްޤީ ޕްލޭން އަދި ފައިނޭންޝިއަލް ޕްލޭން ހަދާނެ ފަރާތެއް ހޯދުން

އިޢުލާން

ކުރިއަށް އޮތް 5 އަހަރަށް،އދ.ދިއްދޫގެ ތަރައްޤީ ޕްލޭން އަދި ފައިނޭންޝިއަލް ޕްލޭން ހަދާނެ ފަރާތެއް ހޯދުން

    ކުރިއަށް އޮތް 5 އަހަރަށް، އދ.ދިއްދޫގެ ތަރައްޤީ ޕްލޭން އަދި ފައިނޭންޝިއަލް ޕްލޭން ހަދާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

    ވީމާ، ތިރީގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ތަރައްޤީ ޕްލޭން ހަދައިދިނުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކޮއްދޭނެ އަގާއި މުއްދަތު ބަޔާންކޮށް 14 ސެޕްޓެމްބާރ 2021 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އަންދާސީހިސާބު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު މެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

 

  1. ކައުންސިލުންނާއި ރައްޔިތުން ބޭނުންވާ ކަންކަމުގެ މައްޗަށް ބިނާކޮށް، ތަރައްޤީ ޕްލޭން ތައްޔާރުކުރުން
  2. ތަރައްޤީ ޕްލޭން ތައްޔާރުކޮށް ރައްޔިތުންގެ ޚިޔާލާއި އެކު ފާސްކުރުމަށް ހުށަހެޅުން.
  3. ތަރައްޤީ ޕްލޭނަށް ބިނާކޮށް ފައިނޭންޝިއަލް ޕްލޭން ތައްޔާރުކޮށް ހުށަހެޅުން.

07 ސެޕްޓެމްބާރ 2021

 

                                                   

                                                     އަޙްމަދު މުޙައްމަދު

                                                  އދ. ދިއްދޫ ކައުންސިލްގެ ރައީސް

07 ސެޕްޓެންބަރު 2021
ހޯދާ