ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ކަޕް 2021

 

އިޢުލާން

ކައުންސިލް ކަޕް 2021

              ކިނބިދޫ ކައުންސިލްގެ ފުޓްސަލް މުބާރާތް 'ކައުންސިލް ކަޕް 2021' ވަނީ 22 ސެޕްޓެމްބަރ 2021 އިން 26 ސެޕްޓެމްބަރ 2021 އަށް، ބޭއްވުމަށް ހަމަޖައްސާފައެވެ. މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޓީމުތަކުން ވާދަކުރާގޮތަށެވެ. ޓީމެއް އެކުލަވާލަންވާނީ 8 ކުޅުންތެރިންނާއި 1 ކޯޗް/މެނޭޖަރ އަދި 1 ފަސްޓް-އެއިޑާއެކު ޖުމްލަ 10 ބައިވެރިން ހިމެނޭގޮތަށެވެ.

             މި މުބާރާތުގައި ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ. އަދި މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ކައުންސިލް މެންބަރު އަޙްމަދު ޞަލާޙް (9798639) އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

              ވީމާ، މިމުބާރާތުގައި ބައިވެރިވެލައްވާ ޓީމުތަކާއި، ސްޕޮންސަރ ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ސެޕްޓެންބަރު 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިކަމަށް އެދޭ ފޯމް ނަންގަވައި ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.

08 ސެޕްޓެންބަރު 2021
ހޯދާ