ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށްޓަށްދާ މަގުގައިހުރި ރުއްގަސް ވިއްކާލުމާބެހޭ

އިޢުލާން

އަލަށްއަޅާ ކުނި ކޮށްޓަށްދާ މަގުގައި ހުރި ރުއްތައް ވިއްކުމާއި ގުޅޭ

           ކިނބިދޫގައި އަލަށް އިމާރާތްކުރާ ކުނި ކޮށްޓަށްދާ މަގުގައި ހުރި ފޯދުނު 63 ރުއް އެންމެ ރަނގަޅު ޕްރަޕޯސަލެއް ހުށަހަޅުއްވާ ފަރާތަކަށް ވިއްކާލުމަށް ބޭނުންވެއެވެ. ރުއްތައް ގަންނަ ފަރާތުން ބުޑާއެކު ރުއްތައް ނަގާ ބިން އެއްވަރުކޮށް ސާފުކުރަންވާނެއެވެ. އަދި ބިން ސާފުކުމަށްފަހު ނެގޭ ކުނިތައް އުކާލަންވާނީ މިކައުންސިލުން ކަނޑައަޅާ ތަނަކަށެވެ. އަދި ރުއްގަސް ގަންނަ ފަރާތުން ރުއްގަސް ހުރިގޮތަށް ރަށުން ބޭރުކުރުމަށް ބޭނުންފުޅު ވާނަމަ އެކަމާގުޅިގެން ނަގަންޖެހޭ އެންމެހައި ހުއްދަތަށް ނެގުމަކީ ރުއްގަސް ގަންނަ ފަރާތުގެ ޒިންމާއެކެވެ. ނަމަވެސް ހުއްދަތައް ނަގަން ކުރަންޖެހޭ އެންމެހައި މަސައްކަތުގައި މިކައުންސިލުގެ އެހީތެރިކަމާ އެއްބާރުލުން އޮންނާނެ ވާހަކަ ދަންނަވަމެވެ.

           މިރުއްތައް ވިއްކުމާބެހޭ މަޢްލޫމާތު ފޯމް 8 ސެޕްޓެމްބަރ 2021 ން ފެށިގެން 15 ސެޕްޓެމްބަރ 2021 ދުވަހުގެ 2.00 ގެ ނިޔަލަށް މިއިދާރާއިން ދޫކުރެވޭނެއެވެ. ޕްރަޕޯސަލް ހުށަހެޅުއްވުމުގެ އެންމެ ފަހު ތާރީޚަކީ 20 ސެޕްޓެމްބަރ 2021 ދުވަހުގެ 2.00 އެވެ. މަޢްލޫމާތު ފޯމް ނުނަންގަވާ ފަރާތްތަކުންނާއި، ކުންފުނި، ޕާރޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިގެ ރަޖިސްޓަރީ ނެތް ފަރާތްތަކުން ހުށަހަޅުއްވާ ޕްރަޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައެއްނުވެއެވެ.

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލު:

1- ރުއްތަކަށް ހުށަހަޅާ އެންމެ މަތީއަގު   %70

2- އިޖްތިމާޢީ ގޮތުން ރަށުގައި ކުރަންވެފައިހުރި ބައެއް މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށް ދޭނެ މިންވަރު %20

3- މަސައްކަތް ފުރިހަމަ ކުރެވޭނޭ މުއްދަތު   

           މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

07 ސެޕްޓެންބަރު 2021
ހޯދާ