ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

އިޢުލާން

 

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

 

މިއިދާރާގެ ނަންބަރ: 18/ 269/269/2021 (IUL) (12 މެއި 2021) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް، ހދ. ވައިކަރަދޫ މަސްމާރުކޭޓް އިމާރާތުގައި މިހާރު ނުނިމިހުރި މަސައްކަތްތައް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ 11:30 ގެ  ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު [email protected] އަށް  އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ މަތީގައިވާ ތާރީޚުގެ ކުރިން ރަސްމީ ގަޑީގައި މި އިދާރާއަށް ޙާޟިރުވެ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. އަދި ރަޖިސްޓްރޭޝަން ޝީޓް މެއިލް ކުރުމަށްފަހު ލިބުނުކަން ކަށަވަރު ކުރުމަށްޓަކައި މި އިދާރާގެ ނަންބަރ 6520049 ފޯނާ ގުޅުއްވާ ޔަގީން ކުރަންވަން ވާނެއެވެ. މިމުއްދަތުގައި ރަޖިސްޓްރީ ނުވާ ފަރާތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތްތަކުގެ ތަފްސީލް ހިމެނޭ ބިޑް ޑޮކިއުމަންޓްތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.

މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.

މި މަސައްކަތާގުޅިގެން އެއްވެސް ސުވާލެއްވާނަމަ 2021 ސެޕްޓެމްބަރ 20 ވަނަ ދުވަހުގެ 13:30ގެ ކުރިން މަތީގައިއެވާ އީމެއިލަށް މެއިލް ކުރުމަށް ދަންނަވަމެވެ. އަދި މެއިލް ލިބުނުކަން ކަށަވަރު ކުރުމަށްޓަކައި ރަސްމީ މަސައްކަތުގަޑީގައި މި އިދާރާ ގެ ނަންބަރ 6520049 ފޯނާ ގުޅުއްވާ ޔަގީން ކުރަންވަން ވާނެއެވެ. މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުމާއި، އަންދާސީހިސާބު ބަލައިގަތުން ތިރީގައި އެވާ ތާރީޚުތަކުގައި މި އިދާރާގައި އޮންނާނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

ތަން: ހދ. ވައިކަރަދޫ ކައުންސިލްގެ އިދާރާ

ތަން: ހދ. ވައިކަރަދޫ ކައުންސިލްގެ އިދާރާ

19 ސެޕްޓެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 10:00

22 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ 10:00

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރު 6520046 ފޯނާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ސެޕްޓެންބަރު 2021
ހޯދާ