ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
މޯބައިލް އެޕްލިކޭޝަން އިންޖިނިއަރ, ޑިޖިޓަލް އައިޑެންޓިޓީ

އިއުލާން

ޑިޖިޓަލް އައިޑެންޓިޓީ އިނީޝިއޭޓިވްގެ މަޤްޞަދަކީ ރައްޔިތުމީހާ ޑިޖިޓަލް މުޢާމަލާތު ކުރުމުގައި ފަސޭހަކަމާ، ރައްކާތެރިކަމާއިއެކު އޭނާގެ ޝަހުސު ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ސާބިތުކޮށްދެވޭނެމަގު ފަހިކޮށްދިނުމެވެ.

މަޤާމް:

މޯބައިލް އެޕްލިކޭޝަން އިންޖިނިއަރ

ބޭނުންވާ އަދަދު:

01 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ / މާލެ، ދިވެހިރާއްޖެ

މި މަސައްކަތާގުޅޭ މައުލޫމާތު ހިމެނޭ ގޮތައް ތައްޔާރުކުރެވިފައިވާ ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

މަޤާމަށް އެދި ހުށަހަޅުއްވަންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 16 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ޓަރމްސް އޮފް ރިފަރަންސްގައި ބަޔާންކުރެވިފައިވާ ލިޔެކިއުންތަކާއި އެކު މިއޮފީހުގެ އީމެއިލް: [email protected] ފޮނުއްވުން އެދެމެވެ. އީމެއިލް ލިބުނުކަމުގައި ބަލާނީ މި އިދާރާއަށް އީމެއިލް ލިބިފައިވާ ގަޑިއެވެ.

މި ޢިއުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރުމަށް އީމެއިލް ކުރަށްވާނީ [email protected] އަށެވެ.

07 ސެޕްޓެންބަރު 2021
ހޯދާ