ތިނަދޫ ސްކޫލް/ ގދ.ތިނަދޫ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

     

  1. މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު، މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2021 ސެޕްޓެމްބަރ 15ވަނަ ދުވަހުގެ ކުރިން މި ސްކޫލުގެ މެއިލް[email protected]  މެދުވެރިކޮށް ސިޓީއަކުން އެކަން އެންގެވުން އެދެމެވެ. ސިޓީގައި މެއިލް އެޑްރެސް އަދި ގުޅޭނެ ނަމްބަރެއް ޖެއްސެވުން އެދެމެވެ.
  3. މިކަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ސެޕްޓެމްބަރ 15ވާ ބުދަ ދުވަހުގެ 11:00ގެ ކުރިން ތިރީގައިވާ އީ-މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
  4. މިކަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ސެޕްޓެމްބަރ 20ވާ ހޯމަ ދުވަހު ދުވަހުގެ 11:00 ގައި ތިނަދޫ ސްކޫލްގައެވެ. ނަމަވެސް މިރަށް (ގދ.ތިނަދޫ)މި ތާރީޚުގައި މޮނިޓަރިންގެ ޙާލަތުގައި އޮވެއްޖެނަމަ، މަޢުލޫމާތުދިނުން އޮންނާނީ ވައިބަރ މެދުވެރި ކޮށެވެ.
  5. ބީލަން ހުޅުވުން އޮންނާނީ 2021 ސެޕްޓެމްބަރ 29 ވާ ބުދަ ދުވަހުގެ 11:00 ގައެވެ. ބީލަން ހުޅުވާނެ ގޮތަކާއި ތަނެއް ބީލަމުގައި ބައިވެރިވާ ފަރާތްތަކަށް އެންގޭނެއެވެ.
  6. މި ޕްރޮޖެކްޓާ ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.    
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ނޯޓް: ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ދީފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.

 

ތިނަދޫ ސްކޫލް

ގދ.ތިނަދޫ

ފޯން: 6842050/6842060

އީ-މެއިލް[email protected]

                          07 ސެޕްޓެމްބަރ 2021

07 ސެޕްޓެންބަރު 2021
ހޯދާ