މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސިވިލް އިންޖިނިއަރ – އެމް.ޑަބްލިއު.އެސް.ސީ (ލޯކަލް)

 

 ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު    

              ސިވިލް އިންޖިނިއަރ – އެމް.ޑަބްލިއު.އެސް.ސީ (ލޯކަލް)             

 

]MV-MONPI-234581-CS-INDV ރިފަރެންސް ނަންބަރު: ]

 

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރިއަށް ގެންދާ " މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް އެންޑް ރެސިލިއެންސް ޕްރޮޖެކްޓް" މަޝްރޫޢުއަށް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައި.ޑީ.އޭ) އިން ވަނީ ލޯނާއި ހިލޭ އެހީ ލިބިފައެވެ. އަދި މިމަޝްރޫޢުގެ ދަށުން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިއު.އެސް.ސީ) ގެ އިމްޕްލިމެންޓޭޝަން ސެލްއަށް ސިވިލް އިންޖިނިއަރެއް ހޯދުމަށް ބޭނުންވެއެވެ.  

ކޮންސަލްޓެންޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހުޅުމާލޭގައި ހެދުމަށް ހަމަޖެހިފައިވާ ސްވޭޖް ޓްރީޓްމަންޓް ޕްލާންޓްގެ ޓެކްނިކަލް އަދި އިންޖިއަރިންގް މަސައްކަތް ކުރުން ހިމެނެއެވެ.  ކޮންސަލްޓެންޓްގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:

 

         1.            ސިވިލް އިންޖިނިއަރިންގް ނުވަތަ އެއާ ގުޅުން ހުރި ދާއިރާއަކުން މަދުވެގެން އަންޑަރ ގްރެޖުއޭޓް ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަދުވެގެން 5-7 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން

         2.            މަދުވެގެން 5 އަހަރުގެ ޕްރޮފެޝަނަލް ވޯކް އެކްސްޕީރިއަންސް ލިބިފައިވުމާއެކު ސިވިލް އިންޖިނިއަރިންގ ދާއިރާގައި 3 އަހަރުގެ ސްޕެސިފިކް ވޯކް އެކްސްޕީރިއަންސް ލިބިފައިވުން

         3.            ޑޯނަރ ފަންޑަޑް ޕްރޮޖެކްޓެއްގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

         4.            ކޮމްޕިއުޓަރ ބޭނުން ކުރަން އިނގުމާއި އަދި ޑިޒައިން ސޮފްޓްވެއަރތަކަށް އަހުލުވެރިވުން

         5.            އިނގިރޭސި ބަހާއި އަދި ދިވެހި ބަހުން ފަރިތަކަމާއިއެކު ލިޔަން ކިޔަން އެނގުމާއި، މަޝްވަރާކޮށް މައްސަލަ ހައްލުކުރުމުގެ ޤާބިލުކަން ލިބިފައިވުން. އަދި މީހުންނާއި ގުޅިގެން މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން.

         6.            ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއްކަމުގައިވުން އަދި ޕްރޮޖެކްޓް ސައިޓްތައް ބެލުމަށް ޤަވާއިދުން ދަތުރުކުރެވޭނެ ފަރާތަކަށްވުން

         7.            ނަޒާހަތްތެރި ފަރާތަކަށްވުން

         8.            ޝޯޓްލިސްޓް ކުރެވޭފަރާތްތަކުގެ ޤާބިލްކަން ސާބިތުކޮށްދިނުމަށް އިންޓަވިއުކުރެވޭނެއެވެ.

         9.            މި މަގާމަށް ހޮވޭ ފަރާތަކީ މި މަސައްކަތުގެ މަޤްސަދު އަދި މިޕްރޮސެސް އިނގޭ ފަރާތެއް ކަމުގައިވާންވާނެއެވެ. ސިވިލް އިންޖިނިއަރއާއި ގުޅުން ހުރި މަސައްކަތްތައްކުރުމުގައި އިސްނަގައި، އަދި މަސައްކަތުގެ މާހައުލުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށް ވާންވާނެއެވެ.

 

މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖުލައި 2016 ގައި ތައްޔާރުކޮށް ނޮވެމްބަރު 2017 އަދި އޮގަސްޓް 2018 ގައި އިސްލާހުކުރެވިފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.

މިމަޤާމަށް ހޮވޭ ފަރާތުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ އަށް ބިނާކޮށް މުސާރައިގެ ގޮތުގައި 30،000 ދިވެހި ރުފިޔާގެ ޢުޖޫރައެއް ދެވޭނެއެވެ.

މިމަސައްކަތްކަތުގެ މުއްދަތަކީ 2 އަހަރު ދުވަހެވެ. އަދި މީގެ ތެރެއިން 3 މަސްދުވަސް ޕްރޮބޭޝަންގެ ގޮތުގައި ހިމެނެއެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ގައި ޝާޢިއު ކުރެވިފައިވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހު 13:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

 

އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީމަގު، މާފަންނު، މާލެ 20392، ދިވެހިރާއްޖެ.

އީމެއިލް:  [email protected]

ސީސީ:   [email protected]

07 ސެޕްޓެންބަރު 2021
ހޯދާ