މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅޭ ލިޔުންތައް އެޓެސްޓް ކުރުމާއި ގުޅޭ

އިޢުލާން

މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅޭ ލިޔުންތައް އެޓެސްޓް ކުރުމާއި ގުޅޭ

ތަފާތު އެކި ބޭނުންތަކުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުން ވިސާ ޖެހުމަށް ބޭނުންވާ ލިޔުން ތަކުގެ ތެރެއިން މި މިނިސްޓްރީއަށް އެޓެސްޓް ކުރުމަށް ހުށަހެޅޭ ލިޔުންތަކަކީ އެ ލިޔުންތަކުގެ ސައްޙަކަން ކަށަވަރު ކުރުމަށްޓަކައި އެ ލިޔުންތައް ދޫކޮށްފައިވާ ސިއްޙީ ޚިދުމަތްދޭ ތަނަކުން ވެރިފައި ކުރުމަށްފަހު އެޓެސްޓް ކުރެވޭ ލިޔުންތަކެއްކަމުގައި ދަންނަވަމެވެ. އަދި މިފަދަ ލިޔުންތައް އެޓެސްޓް ކުރުމަށް މަދުވެގެން 5 ދުވަސް ނަގާނެ ކަމުގައި ދަންނަވަމެވެ.

ވީމާ، އެޓެސްޓް ކުރުމަށް ހުށަހެޅޭ މެޑިކަލް އެގްޒަމިނޭޝަން ރިޕޯޓް ތަކާއި ލެބޯޓްރީ ޓެސްޓް ރިޕޯޓް، އެކްސްޕީރިއެންސް ލެޓަރ، ވޯރކްޕާރމިޓް މެޑިކަލްސް، އަދި ޓްރާންސްޕްލާންޓަށް ހުށަހަޅަންޖެހޭ ލިޔުންތައް އެޓެސްޓް ކުރުމަށް ބޭނުންވާ ދުވަހުގެ 5 ދުވަސް ކުރިން މިމިނިސްޓްރީ އަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

            އެހެންކަމުން އެޓެސްޓް ކުރުމަށް ހުށަހަޅުއްވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ކަންތައްތަކަށް ރިޢާޔަތް ކުރެއްވުމަށްފަހު އެޓެސްޓޭޝަނަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.  

06 ސެޕްޓެންބަރު 2021
ހޯދާ