ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ވޭމަންޑޫ ޓޮޕްގްރަފީ ސާރވޭކުރުމާއި ލޭންޑްޔޫސް ޕްލޭނާއި ޑިވެލޮޕްމަންޓް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

ކޮޅުމަޑުލު ވޭމަންޑޫ ޓޮޕްގްރަފީ ސާރވޭކުރުމާއި ލޭންޑްޔޫސް ޕްލޭނާއި ޑިވެލޮޕްމަންޓް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން.

 

މިކައުންސިލުންދޭ  މަޢުލޫމާތާއި އެއްގޮތަށް ތ. ވޭމަންޑޫ ޓޮޕްގްރަފިކް ސާރވޭ ކުރުމާއި، ލޭންޑްޔޫސް ޕްލޭނާއި ޑިވެލޮޕްމަންޓް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން  މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތާރީޚަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ކުރިއަށްދާނީ  ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ފޯން، އީމެއިލްގެ ޒަރިއްޔާއިންނެވެ. މަސައްކަތާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް މެއިލް ކުރައްވާނީ

[email protected] އަށެވެ. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކުންފުނީގެ ޕްރޮފައިލް،

ކުންފުނީގެ އޮނިގަނޑު، އަދި ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްޞީލް، މިފަދަ ޙާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު ) ހުށަހަޅަން ވާނެއެވެ.

 

ބީލަންވެރިން ރަޖިސްޓްރީ ކުރުން:

07 ސެޕްޓެމްބަރ 2021 އިން 15 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ 12:00 އަށް،

ބިލާން ހުށަހެޅުމާއި، ހުޅުވުން:

27 ސެޕްޓެމްބަރ 2021 ވަނަދުވަހުގެ 13:00 ގައި ވޭމަންޑޫ ކައުންސިލްގެ އިދާރާގައި،  

 

 

 

މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި،

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މިމަސައްކަތާއިބެހޭ އެންމެހައި

ލިޔެކިޔުންތައް 07 ސެޕްޓެމްބަރ 2021 އިން ފެށިގެން މިއިދާރާއިން ލިބެންހުންނާނެއެވެ. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ

15 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން، މަތީގައިވާ އީމެއިލް އެޑްރެހަށެވެ. ބިޑް ހުޅުވުން އޮންނާނީ 27 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ

13:00 ވޭމަންޑޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ނުވާ ވިޔަފާރިތަކުގެ ބީލަން ބަލައި ނުގަނެވޭނެއެވެ.

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާފަރާތުގެ ނަންލިޔެވިފައި އޮންނަންވާނެއެވެ.   

06 ސެޕްޓެންބަރު 2021
ހޯދާ