މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

 

އޮޅަގިރިއަށް ރިސޯސްގެ ދަރާސްގެ ގޮތުގައި ރަޖިސްޓްރީވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 07 ސެޕްޓެމްބަރ 2021 ގެ އޮފީސް ބަންދުވުމުގެ ކުރިން ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއް ފޮނުވައި ދެއްވާ މިއިދާރާއަށް ދުރުވެ ހިމާޔަތް ކޮށްފައިވާ ސަރަހައްދުން ތަކެތި ހޮވުމާއި ނެގުމަށް އެދޭ ފޯމް ނަންގަވައި ފުރުއްވާ މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. އަދި ފޯމް ހުށައަޅުއްވަން ވަޑައިގަންނަވާއިރު ރަޖިސްޓްރީވާން އެދޭ ފަރާތުގެ އައި.ޑީ ކާޑް ނުވަތަ އައި.ޑީ ކާޑްގެ ޕޮޓޯކޮޕީ ގެންނެވުން އެދެމެވެ.  

މިއިދާރާއިން ފޯމް  މެއިލް ކޮށްދޭނެވާހަކަވެސް ދެންނެވީމެވެ. އަދި މެއިލް އިން ފޯމް އަދި ޕާސްޕޯޓް ސައިޒް ފޮޓޯ،އައި.ޑީ ކާޑް ކޮޕީ ބަލައިގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. ([email protected])އަދި ކުރިން ރިސޯސްގެ ދަރާސްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތައްވެސް އަލުން ރަޖިސްޓްރީވާންޖެހޭނެކަން އެންގީމެވެ.  

 

 

06 ސެޕްޓެންބަރު 2021
ހޯދާ