މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދިވެހިރާއްޖެއަށް އިންޕޯޓުކުރާ ފުޑް ސަޕްލިމެންޓު ބޯޑާރއިން ދޫކުރުމާއި ގުޅޭ

 

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

 

މިނިސްޓްރީ އޮފް ހެލްތު

 

މާލެ، ދިވެހިރާއްޖެ.

 

އިޢުލާން

ދިވެހިރާއްޖެއަށް އިންޕޯޓުކުރާ ފުޑް ސަޕްލިމެންޓު ބޯޑާރއިން ދޫކުރުމާއި ގުޅޭ

             ދިވެހިރާއްޖެއަށް ފުޑް ސަޕްލިމެންޓް އިންޕޯޓުކުރުމުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލު "ދިވެހިރާއްޖެއަށް އިންޕޯޓުކުރާ ފުޑް ސަޕްލިމެންޓަށް ހެލްތު ކްލިއަރަންސް ދިނުމުގެ އުސޫލު" ގެ 4 ވަނަ މާއްދާ (އަމިއްލަ ބޭނުމަށް ނުވަތަ ސާމްޕަލްގެ ގޮތުގައި އިމްޕޯޓްކުރާ ފުޑް ސަޕްލިމެންޓް) ވަނީ އިސްލާހު ކޮށްފައެވެ.MFDA-FCD GL 2-2020 (Rev 03 - August 2021)  އަދި މި އިސްލާހު ވަނީ މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓް އަދި މި އޮތޯރިޓީގެ ދިރިތި ޕޯރޓަލްގައި ޝާޢިޢު ކޮށްފައެވެ.

           ވީމާ، މި އިޢުލާން އާންމުވާ ދުވަހުން ފެށިގެން މަތީގައި ދެންނެވިފައިވާ ގޮތަށް މި އޮތޯރިޓީން ޢަމަލުކުރަން ފަށާނެކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އަންގާ އިޢުލާން ކުރީމެވެ.

           އިތުރު މަޢުލޫމާތު ސާފުކުރުމަށް މި އޮތޯރިޓީގެ ފުޑް ކޮންޓްރޯލް ޑިވިޝަންގެ ނަންބަރު 3014361 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

06 ސެޕްޓެންބަރު 2021
ހޯދާ