އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީން ރަޖިސްޓްރީ ކުރުމާއި ގުޅޭ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ކުރިއަށްގެންދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ދަށުން ބިދޭސީ މުވައްޒަފުންގެ ވެރިފިކޭޝަންގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް މިނިސްޓްރީގެ ބޭފުޅުން އެކި އަތޮޅުތަކަށް ދިއުމަށްވަނީ ހަމަޖެހިފައެވެ.

އެގޮތުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ރެޖިސްޓްރީއެއް ބެލެހެއްޓުމަށްޓަކައި، ރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެ ރަށެއްގައިމެ އެރަށެއްގެ ކައުންސިލްގެ އޮފީހުގައި އަދި ސިޓީ ކައުންސިލްގެ އޮފީހުގައި 'ބިދޭސީން ރެޖިސްޓްރީކުރާ ދަފުތަރެއް' އޮންނަންވާނެކަމުގައި، ވަޒިފާއަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ގަވައިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ކުރިއަށްގެންދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ދަށުން ބިދޭސީ މުވައްޒަފުންގެ ވެރިފިކޭޝަންގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި މިރަށުގައި ވަޒީފާ އަދާކުރުމާއި އެކިއެކި މަސައްކަތް ކުރުމަށް ދިރިއުޅޭ އެންމެހާ ބިދޭސީން 09 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ފޯމް ފުރުއްވައި މިކައުންސިލް އިދާރާގެ ބިދޭސީންގެ ދަފްތަރުގައި ރަޖިސްޓްރީކުރުމަށް އަންގަމެވެ. ބިދޭސީންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފޯމް ރަސްމީ ގަޑިތަކު މިކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

06 ސެޕްޓެންބަރު 2021
ހޯދާ