ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓު ޢިމާރާތުގެ ނަލަފިލާ މަރާމާތުކުރުމުގެ މަސައްކަތްކުރުން

އިޢުލާން

ކޯޓު ޢިމާރާތުގެ ނަލަފިލާ މަރާމާތުކުރުމުގެ މަސައްކަތްކުރުން.

މި ކޯޓުގެ ނަންބަރު:01 /2021/L05C-C)26 އޮގަސްޓު 2021( ގެ އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް މި ކޯޓު ޢިމާރާތުގެ ނަލަފިލާ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާނުކުރަމެވެ. 

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ސެޕްޓެންބަރު 2021 ވާ އާދީއްތަ ދުވަހު 11:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 ސެޕްޓެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، ގަޑިޖެހިގެން އަންނަ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނޭ ވާހަކަވެސް ދަންނަވަމެވެ. މިމަސައްކަތްތަކަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު:18/2014 ) ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ނުވަތަ ޤާނޫނު ނަންބަރު:19/2014 ) އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު( ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށށްފައިވާ، އެފަރާތަކުން ރަޖިސްޓަރީކޮށްފައިވާ ވިޔަފާރީގެ މަޤްޞަދުގެ ތެރޭގައި، ޢިމާރާތްކުރުމުގެ މަސައްކަތްކުރުން ހިމެނިފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ. އަދި މިކަން އެނގޭނެ ރަސްމީ ލިޔުމެއް އަންދާސީ ހިސާބާއެކު ހުށަހަޅަންވާނެއެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ. 

28 މުޙައްރަމް 1443

05 ސެޕްޓެންބަރު 2021

05 ސެޕްޓެންބަރު 2021
ހޯދާ