ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނަށް އުދަނގޫވާގޮތަށް ހުރި ރުއްގަސް ކޮށުމާއި ގުޅޭ.

މަގުތަކަށް ވާގޮތަށް ހުރި ބައެއް ރުއްގަހުގެ ސަބަބުން މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި، ދުއްވާ އެއްޗެހި ދުއްވުމަށް ވަރަށް ބޮޑެތި ދަތިތަކަކާއި ކުރިމަތިވާކަމުގެ ޝަކުވާ މިކައުންސިލަށް ދަނީ ލިބެމުންނެވެ. އެގޮތުން މަގުމަތީގައި ޖަހާފައިވާ މަގުބައްތިތަކުގެ މައްޗަށް ފަނާއި ގަހުގެ ގޮފިތައް ލެބި އެކަށީގެންވާ ގޮތުގައި މަގުމައްޗަށް އަލި ލިބެމުން ނުދިއުމާއި، ބައެއް އެމަރޖަންސީ ހާލަތްތަކުގައި އެމްބިއުލަންސް ދަތުރުކުރުމުގައި ބޮޑެތި ދަތިތަކަކާއި ކުރިމަތިވަމުންދާކަން މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ.   

            ވީމާ، މިހެންހުރި ރުއްގަސްތައް މިހިނގާ ސެޕްޓެމްބަރ މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މަގުމަތީގައި ހިނގާބިނގާވެ އުޅޭމީހުންނާއި ދުއްވާ އުޅަނދުފަހަރަށް އުދަނގޫ ނުވާނެހެން ކޮށުމަށް ދަންނަވަމެވެ. 

05 ސެޕްޓެންބަރު 2021
ހޯދާ