ދިވެހިރާއްޖެ
ކައުންސިލްތަކުން ތިންވަނަ ފަރާތެއް މެދުވެރިކޮށް އާއްމު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެއްބަސްވުމާ ބެހޭ ޤަވާއިދު ނަންބަރު 2020/R-22 ގައިވާގޮތުގެ މަތިން ،ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތްދޭ ކުންފުނިތަކާއި އެކު ހަދަންޖެހޭ އެއްބަސްވުން ހެދުމަށްޓަކައި މާލޭ ސިޓީ ކައުންސިލަށް ލަފާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން ދެއްވުން އެދެމެވެ.
|
ތާރީޚް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން |
08 ސެޕްޓެމްބަރ 2021 (ބުދަ) |
10:00 |
ޕްރޮކިއުމަންޓް ސެކްޝަން/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ |
އަގު ހުށަހެޅުން |
13 ސެޕްޓެމްބަރ 2021 (ހޯމަ) |
14:00 |
ޕްރޮކިއުމަންޓް ސެކްޝަން/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ |
މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ޖެހޭނެއެވެ.
- ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
- އިތުރު މަޢުލޫމާތު:
- މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ބިލްޑިންގ/4 ވަނަ ފަންގިފިލާ) އަމީނީމަގު، ފޯން: 3025407 / އީމެއިލް: [email protected]