ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުންޏަށް ބޭނުންވާ 11kVތްރީވޭ ރިންގް މެެއިން ޔުނިޓް ގަތުމާއި ގުޅޭ:

އިޢުލާން ނަންބަރު:FNK-I/IUL/2021/354

އިޢުލާން

މިކުންފުންޏަށް ބޭނުންވާ 11kVތްރީވޭ ރިންގް މެެއިން ޔުނިޓް ގަތުމާއި ގުޅޭ:

މި އިޢުލާނާއެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތާއި އެއްގޮތަށް މިކުންފުންޏަށް ބޭނުންވާ 11kV ތްރީވޭ ރިންގް މެއިން ޔުނިޓް ގަތުމަށް ބޭނުންވެއެވެ. މި މަސައްކަތަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލަމެވެ.

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި އެއް ހާސް (1,000.00 USD) ޔޫ.އެސް ޑޮލަރު ނުވަތަ އެ ޢަދަދަށްވާ ދިވެހި ފައިސާ ތިރީގައިވާ ޝަރުތުތައް ފުރިހަމަވާގޮތަށް ހުށަހަޅުއްވަންވާނެއެވެ.

ބިޑް ސެކިއުރިޓީ ވާންވާނީ:

-  އޮރިޖިނަލް ބޭންކް ގެރެންޓީ ލެޓަރ (ނުވަތަ)

-  ބޭންކް ގެރެންޓެޑް އަދި ސްޓޭމްޕް ޖަހާފައިވާ ޗެކެއް (ނުވަތަ)

-  މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ އިންޝުއަރެންސް ޕޮލިސީގެ އޮރިޖިނަލް.


         ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނީ އަންދާސީ ހިސާބު ހުށަހަޅުއްވާ ކުންފުނީގެ ނަމުގައެވެ. ބިޑް ސެކިއުރިޓީ ބާޠިލްވާ މުއްދަތު، އަންދާސީ ހިސާބު ބާޠިލްވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެއެވެ. މި މަސައްކަތަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ބާޠިލްވާ މުއްދަތުގެ ގޮތުގައި މަދުވެގެން 60 ދުވަސް ދޭންވާނެއެވެ.

 

ތާރީޚް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

05 އިން 15 ސެޕްޓެމްބަރ 2021

08:00 އިން 15:00

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން)

14 ސެޕްޓެމްބަރ 2021

15:00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

16 ސެޕްޓެމްބަރ 2021

10:00 ހެނދުނު

    

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހުއީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

 

- އިޢުލާން ނަންބަރ

- ކުންފުނީގެ ނަން

- ނަމާއި ފޯނު ނަންބަރ

މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީމެލް ކުރާނެ ވާހަކަދެއްނެވީމެވެ.

   

ނޯޓް: ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

 

 

02 ސެޕްޓެންބަރު 2021
ހޯދާ