އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ޣާޒީ ބިލްޑިންގުގެ 2 ވަނަ ފަންގިފިލާ މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަތާތެއް ހޯދަން ކުރެވުނު ނަންބަރު
 (IUL)7-ADMN/1/2021/13 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް، މަސައްކަތަށް ބައެއް ބަދަލުތައް ގެނައުމަށްފަހު މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.

  1. ކުރިމަތިލާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ  8 ސެޕްޓެންބަރު 2021 ވާ ބުދަ ދުވަހުގެ 14:00 ގައި، ޣާޒީ ބިލްޑިންގ ގައި ހުންނަ މި އޮފީހުގެ ޖަލްސާކުރާ މާލަމުގައެވެ.
  2. ބީލަން ހުށަހެޅުން އޮންނާނީ 13 ސެޕްޓެންބަރު 2021 ވާ ހޯމަ ދުވަހުގެ 14:00 ގައި މި އޮފީހުގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
  3. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އެކަމަށް ކަނޑައެޅިފައިވާ ދުވަހު 14:00 ގެ ފަހުން ކަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް ނުވަތަ ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.
02 ސެޕްޓެންބަރު 2021
ހޯދާ