މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަށް މޮނީޓަރިންގެ ޙާލަތަށް ގެނެވުމާއި ގުޅިގެން ދަތުރުފަތުރު ކުރުމުގައި ޢަމަލުކުރަންވީގޮތް
ދިވެހިރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ކޭސްތަކެއް މިރަށުން ފެނި، ރަށް މޮނިޓަރިންގެ ޙާލަތަށް ގެނެވުމާއި ގުޅިގެން ރަށަށްއަރާ ފޭބޭނީ ތިރީގައި މިދަންނަވާ ފަރާތްތަކަށެވެ.
- ރަށުގެ މަސްވެރިންނާއި އެހެނިހެން ޒަރޫރީ މަސައްކަތް ކުރާ ފަރާތްތައް.
- ހުއްދަ ލިބިގެން ރަށަށް ފުރަބަންދު ކަރަންޓީނަށްދާމީހުން.
- ޞިއްޙީ ފަރުވާ ހޯދުމަށް ދަތުރުކުރާ މީހުން.
- ޢާއިލާއަށް ދިމާވާ ބޮޑެތިކަންތަށްތަކަށް ( މައިންބަފައިން ބަލިވުން، އަންބިމީހާ ވިހެއުންފަދަ).
- ބޭންކުގެ ޙިދުމަތް ހޯދުމަށް.
- އެމީހެއްގެ ވަޒީފާ ހަމަޖެހިފައިވާ ގޮތުން ކޮންމެދުވަހަކުވެސް ވަޒީފާއަށް ދިއުމަށްފަހު އެނބުރިރަށަށް ދާންޖެހޭގޮތަށް ވަޒީފާގެ އިންތިޒާމުތަށް ހަމަޖެހިފައިވާ ފަރާތްތައް ( ބޮޑަށް އެދެވިގެންވަނީ ކޮންމެދުވަހަކު އައިސް ގޮސް އުޅުމުގެ ބަދަލުގައި މިޙާލަތުގައި އެފަދަ ތަންތަނުގައި ތިބުމުގެ އިންތިޒާމު ހަމަޖެއްސުން).
- ޔުޓިލިޓީ ޙިދުމަތްތަށް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް ބޭނުންވާ މަސައްކަތްތަށް ކުރުމަށް.
- ކޭބަލްޓީވީ އަދި މީޑިއާ ނެޓްވޯކްގެ ޙިދުމަތްތަށް މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަށް ބޭނުންވާ މަސައްކަތްތައް ކުރުމަށް.
- ކޮމިއުނިކޭޝަން ޙިދުޔމަތްތަށް މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަށް ބޭނުންވާ މަސައްކަތްތަށް ކުރުމަށް.
- މަސްވެރިކަން ކުރުމާއި އެހެނިހެން ޒަރޫރީ މަސައްކަތްތަކަށް ރަށުން ދާފަރާތްތަކުން ޓާސްކްފޯސް / ރަށުކައުންސިލަށް ހުށައަޅައި އެކަމަށް ހުއްދަ ހޯދުން. މިގޮތަށް ދާއިރުވެސް އެހެން ރަށްރަށުގެ މީހުން ބައިވެރިނުކުރުމާއި، ދަތުރުގައި އެހެން ރަށްރަށަށް ނުފޭބުން، އަދި ދަތުރުމަތީގައި ގައިދުރުކަން ބެހެއްޓުމާއި މާސްކު އެޅުން.
- ގެއިންބޭރުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުވުން.
ވީމާ، ކަމާ ގުޅުންހުރި އިދާރާތަކުން ވަކިއެއްޗެއް އަންގަވަންދެން އެންމެހާ ރައްޔިތުން މަތީގައި ދެންނެވިފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް އަންގަމެވެ.
02 ސެޕްޓެންބަރު 2021
ހޯދާ