ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޮނުމަސް އެޅުމަށް ކުލީ ބިން ދޫކުރުމާއި ގުޅޭ

      ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް ބަނދަރުގެ އިރުމަތީ ފަރާތުން އޮތް 1600 އަކަފޫޓުގެ 4 ކުލީ ބިން އިތުރު 6 މަސް ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާތީ، އެފުރުޞަތު ހުޅުވާލަމެވެ.

      ވީމާ، ލޮނުމަސް އެޅުމަށް ކުލީ ބިން ބޭނުންވާ ފަރާތްތަކުން  05 ސެޕްޓެންބަރު 2021 އިން 09 ސެޕްޓެންބަރު 2021 ގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 09:00 ން މެންދުރުފަހު 13:00 އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 14 ސެޕްޓެންބަރު 2021 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 އަށް މިއިދާރާއަށް ދުރުވެ ޕްރޮޕޯސަލް ފޯމު ހުށަހެޅުއްވުން އެދެމެވެ. ލޮނުމަސް އެޅުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތުގައި މިހާރުވެސް ކުރައްވާ ފަރާތްތަކަށް ބިން ދޫކުރުމުގައި އިސްކަން ދެވޭނެއެވެ.

      މިކަމަށް އެދި ހުށަހެޅުމަށް ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކާއި، އަދި އަމިއްލަ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. ޕްރޮޕޯސަލް ފޯމު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަށް ވާނެއެވެ. މައުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ޕްރޮޕޯސަލް ފޯމު ބަލައެއް ނުގަނެވޭނެއެވެ.

      މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

02 ސެޕްޓެންބަރު 2021
ހޯދާ