މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ސްކޮލަރޝިޕް ފުރުޞަތު

SAC PhD Scholarship

ކޯހުގެ ދާއިރާ/  ކޯހުގެ ފެންވަރު:  ޕީ.އެޗް.ޑީ އިން އެގްރިކަލްޗަރަލް އިކޮނޮމިކްސް

ޤައުމު:  ސްރީލަންކާ

 

ކޯހުގެ ޝަރުތު:

  • އެގްރިކަލްޗަރަލް އިކޮނޮމިކްސް/ އިކޮނޮމިކްސް/ އެގްރިކަލްޗަރަލް މާރކެޓިންގ އެންޑް ކޯޕަރޭޝަން އިން މާސްޓަރސް ޑިގްރީ ހާސިލް ކޮށްފައިވުން.
  • ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތަކަށް ވުމާއެކު މިދާއިރާއިން، މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • 30 ސެޕްޓެންބަރ 2021 ގެ ނިޔަލަށް އުމުރުން 40 އަހަރު ވެފައިނުވުން.
  • މީގެއިތުރުން މިޢިއުލާނާއިއެކު އަޕްލޯޑްކުރެވިފައިވާ ކޯހުގެ މަޢުލޫމާތު ޝީޓުގައި ހިމެނޭ އެހެނިހެން ޝަރުތުތަށް ފުރިހަމަވުން.        

 

ހުށަހަޅަންޖެހޭ ތަކެތި:

  1. އެޕްލިކޭޝަން ފޯމް
  2. ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (ފުލް ޓްރާސްކްރިޕްގެ ކޮޕީއާއެކު އެޓެސްޓް ކުރެވިފައި)
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ސީވީ
  5. މިޢިއުލާނާއެކު އަޕްލޯޑްކުރެވިފައިވާ ކޯހުގެ މަޢުލޫމާތު ޝީޓުގައި ހިމެނޭ އިތުރު ލިޔުންތަށް ހުށަހަޅަންޖެހޭ ތަކެތި:

 

ސުންގަޑި: 22 ސެޕްޓެންބަރ 2021 ވަނަ ދުވަހުގެ 13.00 ގެ ކުރިން  މި މިނިސްޓްރީގެ ހިއުމަން ރިސޯސް ޔުނިޓަށް ފޮނުއްވުން އެދެމެވެ. ކޯހަށް އެދޭ ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަމްބަރ 3339241 އަށް ގުޅުއްވުން އެދެމެވެ.

02 ސެޕްޓެންބަރު 2021
ހޯދާ