ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޑިޔާގެ އެގްޒިމް ބޭންކުގެ ކުރެޑިޓް ފެސިލިޓީގެ ދަށުން ހއ. ކެލާގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ފެންޕުލާންޓް ޤާއިމްކުރާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމާގުޅޭ

އިޢުލާން

 

އިންޑިޔާގެ އެގްޒިމް ބޭންކުގެ ކުރެޑިޓް ފެސިލިޓީގެ ދަށުން ހއ. ކެލާގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ފެންޕުލާންޓް ޤާއިމްކުރާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމާގުޅޭ

                 އިންޑިޔާގެ އެގްޒިމް ބޭންކުގެ ކުރެޑިޓް ފެސިލިޓީގެ ދަށުން ހއ. ކެލާ ގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފެންޕުލާންޓު ޤާއިމްކުރާ ބިމުގައި ހުރި މިކައުންސިލުން އިނގިރޭސިއަކުރުން ''ID'' އަދި ހިސާބު އަދަދެއް ޖަހާފައިވާ ރުއްގަހުގެ ވެރީން 31 އޯގަސްޓް 2021 ވަނަ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭ މި ކައުންސިލުން ދޫކުރާ ރުއްގަހުގެ ވެރިފަރާތް އަންގާ ފޯމް ފުރުމަށްފަހު މިކައުންސިލަށް ހުށައެޅުމަށް ދަންނަވަމެވެ. އަދި މި ބިން އޮންނާނީ މިހާރު ހަދަމުންދާ ފެނަކަ އައު އޮފީސް އިމާރާތުގެ ހުޅަގުގައެވެ.

                ވީމާ ދެންނެވިފައިވާ ތާރީހުގެ ކުރިން ރުއްގަހުގެ ވެރިފަރާތް ހުށައަޅާފައިނުވާނަމަ އެތަކެއްޗަކީ ވެރިފަރާތް ނެތް ތަކެތި ކަމަށްބަލާ އެ ބިމުގައި ހުރި ރުއްގަސް ނައްތާލެވޭނެވާހަކަ ދަންނަވަމެވެ. އަދި ޤާނޫންނަންބަރު 98 ގޯތިން ބޭރުގައި ރުއްގަސް އިންދުމާ ބެހޭ ގާނޫނުން ދެންނެވުނު ރުއްގަހުގެ ވެރިފަރާތް މި ކައުންސިލްގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ އެއްވެސް ރުއްގަހަކަށް ބަދަލު ދެވެން ނެއްވާހަކަ ދަންނަވަމެވެ. އެހެންނަމަވެސް އެރުއްގަސް އިންދާފައިވާ ފަރާތްތަކުން މި އިޢުލާންގައިވާ މުއްދަތުގެ ތެރޭގައި އެ ރުއްގަސް ނަގައިގެން ގެންދެވުމާމެދު މި ކައުންސިލްގެ އިޢުތިރާޒެއް ނެއްކަމުގައި ދަންނަވަމެވެ.

31 އޮގަސްޓް 2021
ހޯދާ