މަޑުއްވަރީ ސްކޫލް/ މ.މަޑުއްވަރީ
ދިވެހިރާއްޖެ
ސްކޫލުގައި ކުރަން ހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މިސްކޫލުގެ  GS–167/IUL/2021/07ނަންބަރ އިޢުލާނާ ގުޅިގެން ހުށަހެޅިފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. މިސްކޫލުން ދޭމަޢުލޫމާތާ އެއްގޮތަށް ތަކެތި ދިނުމުން  ތިރީގައި މިދަންނަވާ މަސައްކަތް ކޮއްދޭނެފަރާތެއް ބޭނުންވެއްޖެއެވެ.

  •          1 ކުލާސްރޫމުގައި މުށިޖެހުން

 

މަޢުލޫމާތު ދިނުމުގެ ސެޝަން

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

ތަން

9 ސެޕްޓެމްބަރ 2021 ވަނަ ދުވަހު 10:00

19 ސެޕްޓެމްބަރ 2021 ވަނަ ދުވަހު 10:00

މ. މަޑުއްވަރީ ސްކޫލް

 

 

 

 

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންނެވުމަށް މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ބައިތައް ތިރީގައި މިވަނީއެވެ. ޕޮއިންޓް ދެވޭ ގޮތުގެ ތަފުސީލު ބީލަން ތައްޔާރުކޮށް ހުށަހަޅާނެ ގޮތުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 7952908 ނަންބަރަށެވެ.

 

1- މަސައްކަތުގެ އަގަށް                              60 ޕޮއިންޓް

2- މަސައްކަތް ނިންމާނެ މުއްދަތު                           20 ޕޮއިންޓް

3- މިފަދަ މަސައްކަތެއް ކުރެވިދާނެ ކަމުގެ މާލީ ޤާބިލުކަމަށް                 10 ޕޮއިންޓް

4- މިފަދަ މަސައްކަތުގެ ތަޖުރިބާ                            10 ޕޮއިންޓް

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

01 ސެޕްޓެންބަރު 2021
ހޯދާ