ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ 2021

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ 2021 ވަނަ އަހަރީ ޢާންމު ޖަލްސާ ވަނީ މީގެ ކުރިން ރާއްޖޭގެ ކޮވިޑް 19ގެ ހާލަތު ގޯސްވެ، ކަމާބެހޭ އިދާރާތަކުގެ ލަފާގެ މަތިން ފަސްކުރެވިފައެވެ. ނަމަވެސް މިހާރު ރާއްޖޭގެ ކޮވިޑް 19ގެ ހާލަތު ކުރިއަށްވުރެ ރަނގަޅުވެ އަދި ލިބިފައިވާ ލުއިތަކާއިއެކު މިބޯޑުގެ އަހަރީ އާންމު ޖަލްސާ ވަނީ 18 ސެޕްޓެމްބަރ 2021 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައެވެ. މިގޮތަށް މިކަން ނިންމަވާފައިވަނީ އެޤްޒެކެޓިވް ކޮމިޓީ ބައްދަލުވުމުގައި މަޝްވަރާކޮށް މިބޯޑުގެ ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން ހުރިހާ މެންބަރުންގެ މެދުގައި ފާސްކުރެވިގެންނެވެ. އަދި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ޤަވާއިދުގައިވާ ގޮތުގެ މަތިން މިޖަލްސާގައި ބައިވެރިވެވޭނީ މިބޯޑުގައި އަދި ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރެޖިސްޓްރީވެފައިވާ ކްލަބް ޖަމިއްޔާތަކަށެވެ.

ވީމާ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އެންމެހާ މެންބަރުންގެ މަޢުލޫމާތަށްޓަކައި 2021 ވަނަ އަހަރީ އާންމު ޖަލްސާ ބޭއްވޭނެ ދުވަސް އާންމުކޮށް އިއުލާން ކުރަމެވެ.

 

އޭޖީއެމް ބޭއްވޭނޭ ތާރިހް:- 18 ސެޕްޓެމްބަރ 2021

ގަޑި:- 16:00

ތަން:- ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

 

2021 އާންމު ޖަލްސާގެ އެޖެންޑާ

  1. ތައާރަފް
  2. 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށައެޅުމާއި އެކު ފާސްކުރުން
  3. 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ފާސްކުރުން
  4. 2021 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓް ފާސްކުރުން
  5. 2021 ވަނަ އަހަރު ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އޮޑިޓް ކުރާނެ ފަރާތެއް ހޮވުން.
  6. މެންބަރުން ހުށައަޅާފައިވާ ހުށައެޅުންތައް.
  7. އެހެނިހެން ކަންތައް

 

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 ނަންބަރާއި ގުޅުއްވުން އެދެމެވެ. 

 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މާލެ ސްޕޯޓްސް ކޮމްޕްލެކްސް

ފޯން: 3325503

އީމެއިލް: [email protected]

01 ސެޕްޓެންބަރު 2021
ހޯދާ