ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
މި ޓްރައިބިއުނަލަށް 06 ވޯކް ސްޓޭޝަން ސަޕްލައިކޮށް ރޭވުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާބެހޭ

މި ޓްރައިބިއުނަލަށް 06 ވޯކް ސްޓޭޝަން ސަޕްލައިކޮށް ރޭވުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: 200-VTR/IU/2021/18 (12 އޮގަސްޓް 2021) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.

ވީމާ މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 06 ސެޕްޓެންބަރު 2021 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ޓްރައިބިއުނަލް (ގ.ފަތުރުވެހި، މަޓީ ބިލްޑިންގގެ 03 ވަނަ ފަންގިފިލާ، ބުރުޒުމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 ސެޕްޓެންބަރު 2021 ވާ އާދިއްތަ ދުވަހު 13:00 (ގ.ފަތުރުވެހި، މަޓީ ބިލްޑިންގގެ 03 ވަނަ ފަންގިފިލާ، ބުރުޒުމަގު) އަށް އަގު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މި ޓްރައިބިއުނަލްގެ 3027836 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

01 ސެޕްޓެންބަރު 2021
ހޯދާ