ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މަގާމުގެ އިވެލުއޭޝަންގައި ކުރިއަށްގެންދެވުނު އިމްތިޙާނުގެ "ވެލިޑިޓީ" އާ ގުޅޭ

ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ އިވެއުލޭޝަންގައި ކުރިއަށްގެންދެވުނު އިމްތިޙާނުގެ "ވެލިޑިޓީ" އަކީ، އެ އިމްތިޙާނުގެ ނަތީޖާ ސްލިޕްގައިވާ ތާރީޚުން ފެށިގެން 6 (ހަޔެއް) މަސް ދުވަސް ކަމުގައި ކޮމިޝަނުން ވަނީ ނިންމާފައެވެ.

ވުމާއެކު، ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މަގާމުގެ އިމްތިޙާނުގެ ނަތީޖާ ސްލިޕް ދޫކޮށްފައިވާ ތާރީޚުން ފެށިގެން 6 (ހަޔެއް) މަސް ދުވަހުގެ ތެރޭގައި އެ އިމްތިޙާނު ފުރިހަމަކޮށްފައިވާ ފަރާތަކުން ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަލުން ކުރިމަތިލާ ނަމަ، އިމްތިޙާނުގައި ކޮންމެހެން ބައިވެރިވާން ނުޖެހޭނެއެވެ. އަދި، އިމްތިޙާނުގައި ލިބިފައިވާ ނަތީޖާ، ކުރިމަތިލާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކަނޑައަޅާފައިވާ އިމްތިޙާނުގެ ނަތީޖާގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމުގައި ވެސް ދެންނެވީމެވެ. އެހެން ނަމަވެސް ކެންޑިޑޭޓް ބޭނުން ނަމަ، ސެކްރެޓަރީ ޖެނެރަލް ހޮވުމަށް ކޮމިޝަނުން ބާއްވާ އިމްތިޙާނުގައި އަލުން ބައިވެރިވުމަކަށް ހުރަހެއް ނެތްކަމުގައި ދެންނެވީމެވެ.

ވީމާ، މި ކަން އާންމުކޮށް، ހުރިހާ ފަރާތްތަކަށް އެންގީމެވެ.

01 ސެޕްޓެންބަރު 2021
ހޯދާ