ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޕަބްލިކް ޕްރޮސިކިއުޓަރ (ވަގުތީ)

މަޤާމު:        ޕަބްލިކް ޕްރޮސިކިއުޓަރ (ވަގުތީ) 

ބޭނުންވާ ޢަދަދު:     01 (އެކެއް)

މުއްދަތު:         1 އަހަރު

މުސާރަ:        -/11,158 ރުފިޔާ

ލިވިންގ އެލަވަންސް:    -/3,000 ރުފިޔާ

ރިސްކް އެލަވަންސް:    -/2,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: މާލެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:  މިއޮފީހަށް ހުށަހެޅޭ މައްސަލަތަކާއި ގުޅޭ ޤާނޫނީ މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު: ޤާނޫނީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 (ފުރަތަމަ ޑިގްރީ) ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ޢުމުރުން 60 އަހަރު ވެފައިނުވުން.

އިތުރު އެލަވަންސް: މި މަޤާމަށް ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 55 އިންސައްތަ އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/150 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 9 ސެޕްޓެންބަރު 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ނޯޓް:

1- މިމަޤާމަށް ހޮވޭ މުވައްޒަފަކު މިއޮފީހުގެ ގޮފިތަކުގައި މަސައްކަތްކުރުމަށް އަތޮޅުތެރެއަށް ދަތުރުކުރަންޖެހޭނެއެވެ.

2- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިއޮފީހުގެ ކައުންޓަރުން ފޯމު ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 11:00 އިން 12:00 އަށެވެ.

3- މިއޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށްވެސް އެޕްލިކޭޝަން ފޯމު ބަލައިގަނެވޭނެއެވެ.

4. މިމަޤާމުގެ އިންޓަރވިއު އޮންނާނީ މާލޭގައެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

1- މަޢުލޫމާތު ފުރިހަމަކޮށްފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓް www.pgoffice.gov.mv އިން ލިބެންހުންނާނެއެވެ.)

2- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ)

3- ވަނަވަރު

4- ދރއ. ކާޑުގެ ކޮޕީ

5- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

   24 މުޙައްރަމް 1443

01 ސެޕްޓެންބަރު 2021
ހޯދާ