މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި އިދާރާގެ ނަންބަރު: (2021/08/04) (IUL)310-MS/310/2021/32  އިޢުލާނާއި ގުޅިގެން ހުށަހެޅި ބީލަން އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީވެ އެ ހުށަހެޅުން ބާޠިލުކޮށް،މަސައްކަތްތައް އިތުރުކުރުމާއިއެކު ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

  •       މަޝްރޫޢު:                           

ރ. މީދޫ ކައުންސިލް އިދާރާ ޢިމާރާތުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢުގެ (ފިޔަވަހި -1 ގައި ހިމެނޭ މަސައްކަތް ކުރުން )

  •   ބީލަމަށް ހުޅުވާލެވޭ މަސައްކަތް:     

-        ފާރުތެޅުމާއި، ފެންވަޅާއި ފެންހަރުފަދަ ތަކެތި ނެގުން

-        ޢިމާރާތަށް އިތުރުކުރެވޭ ބައިގެ (ކޮންކްރީޓް ބުޑުތައް އެޅުމާއި، ފައުންޑޭޝަންއެޅުމާއި، ތަނބުތައްއެޅުމާއި، ރޭނުމާއި، މަތީ ބެރިއެޅުމާއި، ހިޔާކުރުމާއި، ތަޅުން އެޅުމާއި، ސިމެންތި ޖެހުމުގެ) މަސައްކަތް

  •   މަޢުލޫމާތު ދިނުމުގެ ބައްދަލުވުން:   

މަސައްކަތް ކުރުމާގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން (ޕްރީ ބިޑް މީޓިންގ) އޮންނާނީ 09 ސެޕްޓެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުކުރި 11:00 ގައި ރ. މީދޫ ކައުންސިލްގެ އިދާރާގައެވެ.

  •  ބީލަން ހުށަހެޅުމާއި ބަލައިގަތުން:   
  • ބީލަން ހުށަހެޅުމާއި، ހުށަހަޅާ ބީލަން ބަލައިގަނެ، ބީލަން ކެނޑުމުގެ ބައްދަލުވުން އޮންނާނީ 14 ސެޕްޓެންބަރު 2021 ވާ އަންގާރަ ދުވަހުގެ މެންދުރުކުރި 11:00 ގައި ރ. މިދޫ ކައުންސިލްގެ އިދާރާގައެވެ.
  • ހުށަހަޅަންޖެހޭ ލިޔެކިޔުން:

-          ފުރިހަމަކޮށްފައިވާ އަންދާސީ ހިސާބު

-          ތަޖުރިބާގެ ލިޔުން

-          މާލީ ޤާބިލުކަން ކަށަވަރުކޮށްދޭ ލިޔުންތައް

-          ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ

  •   މަސައްކަތަށް ބޭނުންވާ ސާމާނާއި ތަކެތި ހޯދުން:
  • މިއީ މަސައްކަތްކުރާ ފަރާތުގެ އަމިއްލަ ތަކެތީގައި އަމިއްލަ ސާމާނުގައި ކުރާގޮތަށް ދޫކޮށްލެވޭ މަސައްކަތެކެވެ.
  •      ބީލަމަށް ޕޮއިންޓް ދެވޭ މިންގަނޑުތައް:
  • ހުށަހަޅާ އަގު: (އެންމެ ދަށް އަގަށް) %80
  • މާލީ ޤާބިލުކަން         
  • ނިންމާ މުއްދަތު:        %5
  • ތަޖުރިބާ:            %5
 
   

ވީމާ، ރ. މީދޫ ކައުންސިލް އިދާރާ ޢިމާރާތުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢު (ގެ ފިޔަވަހި -1 ގައި ހިމެނޭ މަސައްކަތް) އަށް  ޝައުޤުވެރިވާ ފަރާތްތަކަށް، މި ބީލަމުގައި ބައިވެރިވުމަށް ދަޢުވަތު އަރުވަމެވެ.

01 ސެޕްޓެންބަރު 2021
ހޯދާ