މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މުލަކަތޮޅު ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ ގޯތިތެރޭގައި ޖަންކްޝަންއެއް ހަދާ ނަރުދަމާއާ ގުޅާލުމުގެ މަސައްކަތް ކުރުން.

މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓު

    މ. މުލި،

   ދިވެހިރާއްޖެ.

                                                               ނަންބަރު: K5C-A/2021/28

އިޢުލާން

މުލަކަތޮޅު ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ ގޯތިތެރޭގައި ޖަންކްޝަންއެއް ހަދާ ނަރުދަމާއާ ގުޅާލުމުގެ މަސައްކަތް ކުރުން.

މ. ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ ގޯތި ތެރޭގައި ޖަންކްޝަންއެއް ހަދާ ފެނަކަ ނަރުދަމާއާ ގުޅާލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން މިކޯޓުން ކުރި މިކޯޓުގެ ނަންބަރު: K5C-A/2021/17 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އެކަމަށް އަލުން ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މ. ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ ގޯތި ތެރޭގައި ޖަންކްޝަންއެއް ހަދާ ފެނަކަ ނަރުދަމާއާ ގުޅާލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭން ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 09 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 09:00 އަށް މިކޯޓަށް ނުވަތަ މ. ދިއްގަރު މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އަންދާސީ ހިސާބު ހުށަހެޅުން

         މި މަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 19 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ 09:00ގައި މިކޯޓު ނުވަތަ މ.ދިއްގަރު މެޖިސްޓްރޭޓް ކޯޓުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި މަސައްކަތުގެ ނަން، ތާރީޚާއި ވަޤުތު އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން، ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއާއެކު އައިޑީ ކާޑު ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

01 ސެޕްޓެމްބަރ 2021

01 ސެޕްޓެންބަރު 2021
ހޯދާ