މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދެސީންގެ " ވަރކް ޕަރމިޓް ހެލްތް ކަވަރ / އިންޝޫރެންސް" އާ ގުޅޭ

މި މިނިސްޓްރީން އާންމުކޮށްފައިވާ "މިނިމަމް ރިކުއަރމަންޓް" އާ އެއްގޮތްވާގޮތަށް އިންޝޫރަންސް ހިދުމަތް ފޯރުކޮށްދޭ ފަރާތަކުން ނަގާފައިވާ އިންޝޫރަންސް ޕެކޭޖް، 2021 ސެޕްޓެމްބަރު 15 ވާ ބުދަ ދުވަހުން ފެށިގެން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ވަރކް ޕަރމިޓް ފީ ދެއްކުމަށްޓަކައި 'ވަރކް ޕަރމިޓް ހެލްތް ކަވަރ/އިންޝޫރެންސް' އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހަޅަންޖެހޭނެ ކަމުގައި ދެންނެވީމެވެ.

މިގޮތުން، 2021 ސެޕްޓެމްބަރު 15 ގެ ފަހުން ވަރކް ޕަރމިޓް ފީ ދެއްކޭނީ މަތީގައި ދެންނެވިފައިވާ އުސޫލުގެ މަތިން 'ވަރކް ޕަރމިޓް ހެލްތް ކަވަރ/ އިންޝޫރަންސް' ނަގައި އެ މައުލޫމާތު އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހެޅުމުންނެވެ. މި މިނިސްޓްރީއިން އާންމުކޮށްފައިވާ "މިނިމަމް ރިކުއަރމެޓް" އާ އެއްގޮތްވާގޮތަށް އިންޝޫރެންސް ޕެކޭޖް ދޫކުރުމަށް އެއްބަސްވެ، މި މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ އިންޝޫރެންސް ޙިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އެ ފަރާތްތައް ރަޖިސްޓަރ ކޮށްފައިވާ ތާރީޚް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv  އަދި އެކްސްޕަޓް އޮންލައިން ސިސްޓަމް xpat.egov.mv  ގެ ހޯމް ޕޭޖްގައި ޝާއިޢު ކުރެވިފައިވާނެއެވެ.

މިގޮތުގެ މަތިން އަމަލުކުރުމަށް ނިންމާފައިވާއިރު، މީގެ ކުރިން އިންޝޫރެންސްގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތަކުން ނަގާފައިވާ، މުއްދަތު ހަމަނުވާ ވަރކް ޕަރމިޓް އިންޝޫރެންސް ޕެކޭޖެއް އޮތް ނަމަ، އެ ޕެކޭޖްގެ މުއްދަތު ހަމަވުމާ ހަމަޔަށް ވަރކް ޕަރމިޓް ދޫކުރެވޭނެ ކަމުގައި ދެންނެވީމެވެ.        

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

01 ސެޕްޓެންބަރު 2021
ހޯދާ