ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސުޕަވައިޒަރ

ސުޕަވައިޒަރ
ތިލަފުށި އެންށް ގުޅީފަޅު އޮޕަރޭޝަންސް

ވަޒީފާއަދާކުރަންޖެހޭ ތަން: ގުޅީފަޅު

ތައުލީމީ ފެންވަރާއި ތަޖުރިބާ:
- ގްރޭޑް 10 ނިންމާފައިވުމާއި އެކު މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:
ސެކްޝަނުން ކުރާ މަސައްކަތްތައް ސުޕްވައިޒުކޮށް މޮނިޓަރކޮށް ބެލެހެއްޓުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ސުޕަވައިޒަރުގެ ލަފާޔާއި އެއްގޮތްވާގޮތުގެ މަތިން ގުޅީފަޅުގެ އެންމެހާ އޮޕަރޭޝަންތައް ރާވާ ހިންގުމުގައި އެހީތެރިވެދިނުން.
- ސެކްޝަނުން ހިންގާ އެކިއެކި ޕްރޮޖެކްޓްސްތައް މޮނިޓަރކުރުމާއި އެކު ސެކިއުރިޓީގެ މަސައްކަތްތައް ބެލެހެއްޓުން.
- ކޮންމެ ދުވަހެއްގެ މަސައްކަތަށް ބޭނުންވާ ޓޫލްސްތަކާއި، މުވައްޒަފުން ކަނޑައަޅައި ދުވަހުގެ މަސައްކަތްތައް ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް އިންތިޒާމުކޮށް ބެލެހެއްޓުން.
- މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރުމާއި މަސައްކަތްތައް ކުރިއަށްދިޔަގޮތުގެ ރިޕޯރޓް ސުޕަވައިޒަރަށް ނޫނީ ޝެކްޝަންގެ އިސްވެރިޔާއަށް ރިޕޯރޓްކުރުން.
- މަސައްކަތަށް ބޭނުންވާ ސާމާނާއި ޓޫލްސްފަދަ ތަކެތި ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހޯދުމާއި އަދި އެތަކެތި މެއިންޓެއިންކޮށް ބެލެހެއްޓުން.
- މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ މެދުގައި ދިމާވާ އެކިކަހަލަ މައްސަލަތައް ހައްލުކުރުމާއި އަދި މިފަދަ މައްސަލަތައް ސެކްޝަނުގެ އިސްވެރިޔާއަށް ރިޕޯރޓްކުރުން.
- މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަށް އެޅުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ނުވަތަ ކާޕެންޓްރީ، މޭސަނަރީ އަދި ޕްލަންބިން މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
- ހީވާގިކަމާއެކު މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
- މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
- 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން.

މުސާރަ: 13500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.
.....................................................................................................................................................................................................

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަނަވަރާއި އަދި އެކްރިޓެޑްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ޕޮލިސް ރިޕޯރޓް (އިންޓަވިއުއަށް ހޮވިއްޖެނަމަ ހުށަހަޅަންޖެހޭ)، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 06 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިކޯޕަރޭޝަނުގެ ރިޝެޕްޝަނަށް ވަޒީފާއަށް އެދޭ ފޯރމް ފުރިހަމަކުރުމަށްފަހު ހުށައެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމް މިކޯޕަރޭޝަނުގެ މައިއޮފީހުންނާއި އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

ލިންކު: ( https://rb.gy/njtleo )

 

30 އޮގަސްޓް 2021
ހޯދާ